ޚަބަރު

ޝުޖާއު މިޢުވާނަށް: ތިބުނީ ތެދެއް، އެއްވެސް މަޝްރޫޢުއެއް ނުފެނޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު--

ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވަނީ ތެދުފުޅެއް ކަމަށާއި، މި ސަރުކާރުގެ އެއްވެސް މަޝްރޫޢުއެއް ލޮލަށް ނުފެންނަ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިޢުވާން ވިދާޅުވެފައިވަނީ ތަރައްޤީގެ ކޮންމެ މަޝްރޫޢުއެއް ލޮލަކަށް ނުފެންނާނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ކުރިއަށް ގެންދާ ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްތައް ފަދަ މަޝްރޫޢުތަކަކީ ލޮލަށް ނުފެންނަ ތަރައްޤީގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ހުޅުމާލޭގެ ކައުންސިލަރު ޝުޖާއު ވިދާޅުވީ މިޢުވާން ހެއްދެވީ ތެދު ކަމަށާއި، މި ސަރުކާރުގެ އެންމެ މަޝްރޫޢުއެއްވެސް ލޮލަށް ނުފެންނަ ކަމަށެވެ.

"ތެދެއް ތިބުނީ މިޢުވާން. ހަމަ އެންމެ މަޝްރޫޢުއެއްވެސް ލޮލަކަށް ނުފެނޭ. ހަމަ އެންމެ މަޝްރޫއުއެއްވެސް ނުފެންނަނީއޭ." މިޢުވާން ޓެގްކުރައްވައި، ޝުޖާއު ވިދާޅުވިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިޢުވާން ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ދިއުމުން އެ ރަށްރަށުގައި ހިނގާ ތަރައްޤީގެ ކަންކަން ފެނިގެންދާނެ ކަމަށެވެ.

އެގޮތުން ކުރީގެ ސަރުކާރުތަކާ ޚިލާފަށް، އަސާސީ ޚިދުމަތްތައް ފުރިހަމަވެފައިވާ ތަނަކަށް ރާއްޖެ ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

  1. ސިއްދީގު

    ހެހޭ އަމްލައަށްވެސް އެއްބަސް ވެވުނީ ހަމަ އިދިކޮޅުން ދައްކަމުން ދަނީ ހަމަ ތެދުވާހަކައެއްކަމަށް، މިސަރުކާރަކީ ނާގާބިލު ނުކުޅެދޭ ސަރުކާރެއްކަމަށް މަސްރޫއު ނުހިންގާ ދޮގުހަދަންޏާ ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ،