ދުނިޔެ

އަންނަ އަހަރު އިންޑިއާއިން 6 މިލިޔަން ޓަނު ހަކުރު އެކްސްޕޯޓް ކުރާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2022/23 ވަނަ އަހަރު އިންޑިއާގެ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ އެގައުމުން ދީފިއެވެ.

Ads by Sosun Fihaara

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޮނިހިރު ދަވަހު އިންޑިއާ އިން ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެގައުމުގެ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައެވެ. 2021/22ގެ ފަހު ކޮޅު އިންޑިއާގެ ކުންފުނިތަކުން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައި ވަނީ 11 މިލިއަން ޓަނުގެ ހަކުރެއެވެ.

އިންޑިއާ އަކީ ދުނިޔޭގެ ބާޒާރަށް ހަކުރު އެކްސްޕޯޓްކުރާ އެންމެ ބޮޑު ސަޕްލަޔަރެވެ.

އިންޑިއާ ސަރުކާރުން ބުނެފައި ވަނީ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފަ ވަނީ ފާއިތުވި ތިން އަހަރުގެ އުފެއްދުންތެރިކަމަށް ބަލައިފައިކަމަށެވެ.

ކުރިއަށް އޮތް ތަނުގައި މިއަދަަދަށް ބަދަލު އަންނާނެ ކަމަށް ސަރުކާރުން ބުނެފައި ނުވި ނަމަވެސް، އަހަރުގެ ފަހުކޮޅު މި އަދަދަށް ބަދަލު އައުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ފެށުނު ސީޒަންގައި އިންޑިއާ އިން 36.5 މިލިއަން ޓަނުގެ ހަކުރު އުފައްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!