ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 15 ދުވަސް

އުތުރުގެ ރަށެއްގައި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ''ދެން'' އަށް ވިދާޅުވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް ކޯޓުން އިއްޔެ 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ޢުމުރުން 28 އަހަރުގެ މީހާ ހައްޔަރުކުރީ މި މަހުގެ ހަ ވަނަ ދުވަހުގެރޭ އެ ރަށު ރައްޔިތުން ނިކުމެ އިޙުތިޖާޖު ކުރަން ފެށުމާ ގުޅިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ އެ ރަށު ސްކޫލުގައި ވަޒީފާ އަދާކުރަމުންދިޔަ އިންޑިއާ ޓީޗަރެކެވެ.