މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ނިޔާވެފައި ވަނީ ކ. ގުޅީއަށް އުފަން އުމުރުން 33 އަހަރުގެ މުހައްމަދު އަކްރަމް ނަމަކަށް ކިޔާ ދިވެއްސެކެވެ.
ގުޅީ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މަހަށް ގޮސް އުޅެނިކޮށް އޭނާގެ މެއަށް ތަދެއް އަރާ ނޭވާ ލާން އުނދަގޫވެގެން އުޅުމުން ކޯސްޓްގާޑަށް ގުޅި ކަމަށެވެ.
އަދި ކޯސްޓްގާޑުގެ އެހީގައި އޭނާނގެންދިޔައީ އޭދަފުށީ ހޮސްޕިޓަލަަށް ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މަރުވި މީހާގެ ހަށިގަނޑު ގުޅިއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.