މާމަގެ ގަބުރު ކޮނެގެން މިނިމަސް ކަނިކޮށް އަތުލައިގެންފި

ކެލިފޯނިއާގެ 37 އަހަރުގެ ފިރިހެނެއް އަމިއްލަ މާމަގެ ގަބުރު ކޮނެގެން މިނިމަސް ކަނިކޮށް އަތުލައިގަންފިއެވެ. މި މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޓަރުން ވެސް ވަނީ މި މީހާގެ މި އަމަލާހެދި ހައިރާން ވެފައެވެ.
ޑްވޭން ވެލިކް ނަމަކަށް ކިޔާ މި ފިރިހެން މީހާ ، 90 އަހަރުގައި މަރުވެފައިވާ އޭނާގެ މާމަގެ މިނިމަސް ކެއުމުގެ މައްސަލައިގައި ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
މިމީހާ އެހެން އަންހެނެއް ވެސް މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އަދި އެމައުލޫމާތު ކެލިފޯނިއާގެ ފުލުހުން ހިއްސާކޮށްފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ކެލިފޯނިއާ ފުލުހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތައް ބުނެފައިވަނީ މާމަގެ ގަބުރުު ކޮނެގެން ކާ ކަމުގެ މައްސަލަ ހުށަހެޅުމުން ފުލުހުން ގަބުުރުސްތާނަށް ގޮސް ބެލިއިރު މި މީހާ ހުރީ މާމަގެ ގަބުރު ކޮނެގެން މިނިމަސް ކާށެވެ.
އެކަން ހުއްޓާލުމަށް ފުލުހުން އޭނާއަށް އަނގަ ބަހުން ފުރަތަމަ އަމުރު ކުރި ކަމަށާއި ނަމަވެސް ހުއްޓާނުލައި އޭނާ ވަނީ އޭނާގެ މަސައްކަތައިގެން ކުރިއަށްގޮސްފައިކަމުގައި ފުލުހުން ބުނެއެވެ. އެހިސާބުން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށް އޭނާ ހައްޔަރު ކޮށްފަައެވެ.
މިހާރު މި މީހާއަށް އެކިކަހަލަ އަނިޔާތައް ލިބިފައި ވުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.