ދުނިޔެ

ސައިންސުވެރިންގެ މަސައްކަތުން 3000 އަހަރުވެފައިވާ ގަބުރެއްގެ އަޑު އުފައްދައިފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

3000 އަހަރު ވެފައިވާ “މަމިފައިޑް” ގަބުރެއް ވާހަކަ ދައްކުވަން ސައިންސްވެރިން މަސައްކަތްކޮށް އެ ގަބުރުގެ އަޑުން ވާހަކަ ދައްކުވައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބޭ ގޮތުގައި ސައިސްވެރިން ވަނީ އެ ގަބުރުގެ 3ޑީ ވޮއިސް ޓްރެކް އެއް ތައްޔާރުކޮށްފައެވެ. އެ ވޮއިސް ޓްރެކް ތައްޔާރު ކުރުމަށް ސައިސްވެރިން ވަނީ ސީޓީ ސްކޭނު ބޭނުން ކޮށްފައެވެ. އަދި މި ގަބުރަކީ، މީގެ ދެގަރުނަ ކުރިން ޔޫކޭގެ ސިޓީ މިއުޒިއަމްގައި އޮތް ގަބުރެއް ކަމަށާއި، މި ގަބުރަކީ އޭރުގެ “ޕްރީސްޓެއް” އެއް ކަމުގައި ވެސް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އެ އަޑަކީ ވަރަށް މަޑުން އިވޭ އަޑެއް ކަމަށާއި، ބައެއް ފަހަރު ފޯނެއް ވައިބްރޭޓް ވާހެން ވެސް ހީވެދާނެ ކަމުގައި ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ. އަދި މި އަޑު އުފައްދާފައި ވަނީ “ވޯކަލް ޓްރެކް އޯގަން” ނަމަކަށް ކިޔާ އެއްޗެއް ވެސް ބޭނުން ކޮށްގެން ކަމުގައި މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މި މަސައްކަތަކީ ސައިންސްވެރިންނަށް ކުރެވުނު ކާމިޔާބު އަދި ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

 

Ads by HDC
  1. އަހަރެން.

    ސައިންސްވެރިން ކިތަންމެމޮޅަސްމަރުވެފައޮތް ގަބުރަކުން އަޑު ނެރޭނީ ކިހިނަކުން.ﷲވޮޑިގެންވާކަން ހަނދުމަކުރޭ.

  2. ނުރަބޯ

    ރޯބުހުތާން ދޮގު….!!! ނަމަނަމަ ގަބޫލު ނުކުރާތި.