ދުނިޔެ

ޗައިނާގެ އެކްސްޕޯޓާއި އިންޕޯޓް ހީވެސް ނުކުރާހާ ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޗައިނާގެ އެކްސްޕޯޓާއި އިމްޕޯޓް ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައިވާއިރު، މިއީ 2020 ވަނަ އަހަރުގެ މެއި މަހަށް ފަހު އެއްފަހަރާ ޗައިނާގެ އެކްސްޕޯޓް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

Ads by Sosun Fihaara

ކަމުގެ މާހިރުން ޤަބޫލުކުރައްވާ ގޮތުގައި މިއީ ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ޕޮލިސީގެ ސަބަބުން އިޤުތިޞާދަށް އޮތް ޕްރެޝަރުގެ ނަތީޖާ ކަމަށެވެ.

އެންމެ ފަހުގެ ހިސާބުތަކުން ފެންނަ ގޮތުގައި ދުނިޔޭގެ ބޮޑެތި އިޤުތިޞާދުތަކުގައި ޕޮލިސީ އިންޓަރެސްޓު ރޭޓުތައް މަތިކުރުމާއެކު އިޤުތިޞާދުތައް މަޑުޖެހުމުގެ ސަބަބުން މުދާ ގަތުމަށް ކޮންޒިއުމަރުން ޚަރަދުކުރާ މިންވަރު މަދުވެފައިވާ ކަމަށެވެ.

ޗައިނާގެ މާހިރުން ވިދާޅުވާ ގޮތުގައި ދުނިޔޭގެ ބޮޑެތި އިޤުތިޞާދުތަކުގައި އިންޓަރެސްޓު ރޭޓުތައް މަތިކުރުމާއެކު، ދުނިޔޭގެ އިޤުތިޞާދު މަޑުޖެހެން ފެށުމުން މުދަލުގެ ޑިމާންޑު ދަށަށް ގޮސް އެކަމުގެ ނޭދެވޭ އަސަރު ޗައިނާގެ އިޤުތިޞާދަށް ކުރާނެ ކަމަށެވެ.

ޗައިނާގެ ބޮޑެތި މާކެޓްތައް ކަމަށްވާ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންއަށް މިދިޔަ އޮކްޓޯބަރު މަހު އެކްސްޕޯޓް ކުރި މިންވަރު ވެސް ވަނީ 12.6 ޕަސެންޓް އަދި 9 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!