މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ޖަހައިފި

ރޭ މެންދަމު ށ.މާއުނގޫދޫގައި ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ ބަނޑަށް ވަޅި ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަަލަ ފުލުހުންނަށް ހުށަހެޅީ ރޭ 12:40 ހާއިރު ކަމަށެވެ. މި މާރާމާރީގައި އުމުރުން 25 އަހަރުގެ ޒުވާނަކާ 31 އަހަރުގެ ފިރިހެނަކަށްވެސް އަނިޔާވިއެވެ. ދެ މީހުންނަށްވެސް މާއުނގޫދޫ ހެލްތު ސެންޓަރުން ފަރުވާ ދިނެވެ.
ފުލުހުން ވިދާޅުވީ 31 އަހަރުގެ މީހާއަށް އިތުރު ފަރުވާ ދިނުމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މި މައްސަލައިގައި 31 އަހަރުގެ މީހާ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި މާރާމާރީއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މާރާމާރީއެއް ކަމަށް މަޢުލޫމާތު ލިބެއެވެ.