ޚަބަރު ސިޔާސީ

ޖަމީލު ވިދާޅުވަނީ ފޯޅަވަހި މައްސަލައިގައި ޝާހިދު ހައްދަވަނީ ބުހުތާނު ދޮގު ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު--

ފޮރިން މިނިސްޓަރު ޝާހިދަކީ ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި، ޑީލް ހެދުމުގެ ޖަރީމާ ހިންގެވި މޭސްތިރިޔާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ތުހުމަތު ކުރައްވައިފިއެވެ.

Ads by Hajj Corporation

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރު ޝާހިދު، ހޮހަޅައިގައި އޮންނަވައި، ފޯޅަވަހީގެ މައްސަލައިގައި ހައްދަަވަނީ "ބުހުތާނު ދޮގު" ކަމަށެވެ.

"ސިޓީ ފޮނުވީ ހަމަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނޫން ކަމަކަށް ނުބުނެވުނު. ޝާހިދަކީ މި ޑީލް ފައިނަލްކޮށް، ޖަރީމާގެ މޭސްތިރިޔާ." ޖަމީލު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިވެރިކަން ނިމި، ދިވެހީންގެ ވެރިކަމުގައި ފޯޅަވަހި ދޫކުރި ކުރުން ބާޠިލު ކުރާނެ ކަމަށެވެ.

ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ރާއްޖެއަށް ލިބުނު އެންމެފަހު ފުރުޞަތު ގެއްލުވައިލީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ޝާހިދު ރޭ ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައާ ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ 2017 ވަނަ އަހަރާ ހަމައަށް އައިއިރު މޮރިޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޗާގޯސް މައްސަލައިގައި އދ އަށް ޤަރާރެއް ހުށަހެޅި ކަމަށެވެ.

އެ ޤަރާރުގައި ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށާއި އަދި އެތަނުގައި ވަޒަންވެރިވެގެން ތިބި މީހުން ގަދަ ބާރުން ބާލައިގެން ގެންގޮސްފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން އެތަނުގެ އަސްލު ވަޒަންވެރިން އެތަނަށް ގެނެސް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެ ޤަރާރުގައި ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ ގައި ރާއްޖެއިން ވޯޓު ދިނީ އެ ޤަރާރާއި ދެކޮޅަށް ކަމަށާއި ނަމަވެސް 95 ޤައުމުގެ ތާއީދާއެކު އެ ވޯޓު ފާސްވެގެންދިޔަ ކަމަށެވެ.

އެ ޤަރާރު ފާސްވި ނަމަވެސް ކޯޓުގައި ހިނގަމުންދިޔަ މައްސަލަ އަށް ތަދައްޚުލުވުމުގެ ފުރުޞަތު ދިވެހި ދަޢުލަތަށް އޭރުވެސް އޮތް ކަމަށާއި ނަމަވެސް ޤަރާރާ ދެކޮޅަށް ވޯޓު ދިނުމަށްފަހު އޭރުގެ ސަރުކާރު އޮތީ ހަނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

Ads by HDC
  1. ހސނބ

    މީ ހަމަ ރަގަޅައްވެސް މޮޔަ ވެފަހުރި ބީތާއެއް