މަޖިލީހުގެ މެންބަރު ކަމުން ރައީސް ނަޝީދު ވަކިކުރަން ސްޕްރީމް ކޯޓަށް

މަޖިލީހުގެ މެންބަރު ކަމުން, މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަކިކުރަން ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވާފައިވަނީ، ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ. މައްސަލަ ހުށަހަޅާފައިވަނީ މިސްރުގައި މިހާރު ކުރިއަށްދާ ކޮޕް-27ގައި ރައީސް ނަޝީދު ރާއްޖެ ނޫން އެހެން ޤައުމެއް ތަމްސީލް ކުރައްވާތީއެވެ.
އެ މައްސަލައިގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މި އަމަލަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ޚިލާފު އަމަލެއް ކަމަށެވެ. އަދި ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަންފާއަށް އިސްކަންދީގެން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށާއި ރައީސް ނަޝީދުގެ އެ އަމަލުން އެކަމަށް ފުށޫއަރާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ ސްޕްރީމް ކޯޓުން ބަލައިގަތުމާއިމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކުރީން ނިންމާންވީ އިބޫގެ މައްސަލަ. ގައުމަށް ޚިޔާނާތްތެރިވި މައްސަލަ.
މެމްބަރު ކަމުގެ ހުވަޔާއިވެސް ހިލާފު !