ދުނިޔެ

ޗައިނާއިން ދަނީ ހަނގުރާމައަށް ތައްޔާރުވަމުން: ޝީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ހަނގުރާމައިގެ ތައްޔާރީތައް ފަށާފައިވާ ކަމަށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ މަނިކުފާނުގެ މިހެން ވިދާޅުވީ ތިންވަނަ ދައުރުގައި އަސްކަރިއްޔާގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑް ހެޑްކުއާޓަރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައެވެ.

ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމުގެ ތިންވަނަ ފަސް އަހަރުގެ ދައުރެއް އޮކްޓޫބަރު މަހު ފެއްޓެވި ޝީ ވިދާޅުވީ މުޅި އަސްކަރިއްޔާއިން ހުރިހާ ހަކަތައެއް ހޭދަކުރަންޖެހޭނީ ހަނގުރާމައިގެ ތައްޔާރީތަކަށް ކަމަށާއި، ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގެ ގާބިލްކަން އިތުރުކޮށް، ޒަމާނީ ހަތިޔާރާއެކު މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ފުރިހަމަކުރަންޖެހޭ ކަމަށެވެ.

މިދިޔަ މަހު ބެއިޖިންގައި ބޭއްވި ޕާޓީ ކޮންގްރެސްގައި ޝީ ވަނީ އިތުރު ދައުރަކަށް ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ)ގެ ޗެއާމަންގެ މަގާމަށް ވެސް އައްޔަން ކުރައްވާފައެވެ.

ޝީ ވިދާޅުވީ، ގަރުނެއްގެ ތެރޭގައި ދުނިޔެއަށް ނުފެންނަ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ޗައިނާގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށާއި އެގައުމުގެ އަސްކަރީ މަސައްކަތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!