ޚަބަރު

އަލިފާނުގެ ހާދިސާ: އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލް--

ރޭ ދަންވަރު، ވެރިރަށް މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީއެއްގެ ޙާލު ވަރަށް ދެރަ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Ads by MWSC

"ދެން"އަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނައި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނައިރު، އަނެއްމީހާ މަރުވެފައިވާ ކަމަށެވެ. އެ ދެމީހުންނަކީވެސް، ބިދޭސީން ކަަމަށް އޭނާ ވިދާޅުވިއެވެ.

ރޭ އަލިފާން ރޯވެފައިވަނީ މާލޭގެ އިސްކަންދަރު މަގާ ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ.ނިރުފެހި ކިޔާ ގެއެއްގައެވެ. އެގޭގައި ގަރާޖަކާ ލޭބަރ ކުއާޓަރެއް ހުރެއެވެ.

ހާދިސާ ހިނގި އިމާރާތުން 14 މީހަކު ސަލާމަތް ކުރެވުނު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!