ޚަބަރު

ހެކި ނެތް ކަމަށް ބުނެ އަލަމްގީރުގެ ވީޑއޯ ބޭނުންކޮށް ބްލެކްމެއިލް ކުރި މީހުން ދޫކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލައިފިއެވެ.

Ads by STELCO

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ހަމްދޫން، 37 / ބ. ދަރަވަންދޫ، އަކިރި، މުހައްމަދު މިހާދު މުސްތަފާ،24 / ބ. ދަރަވަންދޫ، ހީމަ، އަދި މައުމޫން މޫސާ، 41 / ށ. ފުނަދޫ، ސީސްޓާ އެވެ. އެ މީހުންގެ ތެރެއިން ޙަމްދޫން އާއި މުޙައްމަދު މިހާދު މުޞްޠަފާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރ 18 ވަނަ ދުވަހުއެވެ. އަދި މައުމޫން މޫސާ ހައްޔަރު ކޮށްފައިވަނީ 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ، އެ މީހުންގެ މައްސަލަ މިދިޔަ ޑިސެންބަރު މަހު ފައިލްކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު މަޝްވަރާ ކުރުމުން، ލިބިފައިވާ ހެކިތަކުން ޖިނާއީ ދައުވާ ކުރެވެން ނެތް ކަމާއި މައްސަލަ ފައިލް ކުރުމަށް އެ އޮފީހުން ލަފާ ދިނުމުން ކަމަށެވެ.

އެހެންނަމަވެސް، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތްކަން ފުލުހުން ފާހަގަކުރިއެވެ.

އަލަމްގީރްއާއި އެކީ އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ. އޭގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު ހިމެނެއެވެ. ނާޒިމް ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުމަށް ހުކުމް ކުރިއިރު ރަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ދެ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ކާނަލް ނަޝީދުގެ މައްސަލަ ކޯޓުގައި ކުރިޔަށް އެބަދެއެވެ.

Ads by Allied Insurance
  1. ސިންދިތާ

    މިއޮތް ވެރިކަމެއްދޯ؟