ޚަބަރު ސިޔާސީ

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކާަަނަލް ނަޝީދުގެ އަޑުއެހުމެއް މާދަމާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާއެކުގައި އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނާ މައްސަލައިގައި ދަޢުވާ އުފުލައިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) ގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

Ads by MWSC

ކާނަލް ނަޝީދުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެނެވެ. ކާނަލް ނަޝީދު، އޭނާގެ މައްޗަށް އުފުލައިފައިވާ ދަޢުވާއަށް އިންކާރު ކުރައްވާއިރު، ކްރިމިނަލް ކޯޓުގައި ކާނަލްގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކާނަލް ނަޝީދުގެ ފަރާތުން ވަނީ އޭނާ އެއްޖިންސުން ގުޅުން ނުހިންގާކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅައިފައެވެ.

ނަމަވެސް ސިއްރުކޮށްގެން ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ހުށަހެޅީ ކޮން ހެކިތަކެއް ކަމެއް އެނގިފައެއް ނުވެއެވެ.

އަލަމްގީރާއެކުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރަށްވެސް ދެ މަހުގެ ޖަލު ޙުކުމެއް އިއްވިއެވެ.

Ads by HDC
  1. މަރިޔަމް މޫސާ

    ޝަރިއަތް އޮންނަ ކޮންމެ ދުވަހަކު ނޫހުގައި ޖަހަންޖެހޭ ހަބަރެއްތަ މީވެސް. ބޭނުމަކީ މިކަންކަން ނޯމަލައިޒް ކުރުން.

  2. ޢަހްމަދު އަލީ

    250 މީހުން ހިމެނޭ މައްސަލައެއްގައި އެންމެ 4 މީހަކަށް ދައުވާކުރުން ކަމަކު ނުދޭ. ޢަދި ޝަރިއަތް އޮންނަ ކޮންމެ ދުވަހަކު އެމީހުން ގަންހިންގާގޮތަށް ނޫސްތަކުގައި އެއްވާހަކައެއް ކޮޕީ ޕޭސްޓު ތިކުރަނީ ކޮން މަޤްޞަދެއްގައި ކަމެއް ނޭނގޭ. މިކަމުގައި ހިމެނޭ މީހުންގެ ދަރިންނަށްވެސް މި ނޫސްތަކުގެ ސަބަބުން ޖިންސީ ފުރައްސާރައާއި ގަނާކުރުނަް ދަނީ ތަކުރާރިވަމުން. ނޫސްވެރިން ތަންފުކެއް ޒިންމާދާރުވާން ވެއްޖެ.

    • އަހުމަދުު މުހައްމަދު

      ގިރިި މައްސަލަ ނެތީ ކާނަލް މައްސަލަ ނެތީ ހައްހައްހައްހާ