މިއަދު އިތުރު 129މީހަކު ކޮވިޑަށް ފައްސި ވެއްޖެ
މިއަދު އިތުރު 129 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 129 މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި، ބަންގްލަދޭޝްގެ 26 މީހަކާއި، އިންޑިއާ ނުވަ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 4898 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2088 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.
Ads by Allied Insurance