ޚަބަރު ސިޔާސީ

ދަޢުލަތުގެ އެންމެ މަތީ ފަރާތުގެ އަމާޒެއް، އަދި ސްޓޭންޑެއްވެސް ނެތް: އިންތި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ--

ދަޢުލަތުގެ އެންމެ މަތީ ފަރާތުގެ އަމާޒެއް، އަދި ސްޓޭންޑެއްވެސް ނެތްކަން ހާމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންތި މިހެން ވިދާޅުވީ ތިރީސް އަހަރުގެ މެދުކެނޑުމަކަށް ފަހު މެދު ޒިޔާރާތުގައި އަލުން ބޮޑު ދިދަ ނެގުމުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެ، އަލުން ދިދަތައް ނަގަން ނިންމި ނިންމުމަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތަނުގައި ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް ކަމަށެވެ.

"މިއީ އެއްވެސް ގޮތަކަށް ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ސަގާފީ ކަމެއް." ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާގެ ޓްވީޓް ހިއްސާ ކުރައްވައި އިންތި ވިދާޅުވީ އޭނާއަށްވެސް ޤަބޫލު ކުރެވިފައި އޮތީ މިނިސްޓަރު ވިދާޅުވި ގޮތަށް ކަމަށެވެ.

"އެކަމަކު ދައުލަތުގެ އެންމެ މަތީ ފަރާތުގެ އަމާޒެއް، ސްޓޭންޑެއް ނެތްކަން، ތިޔަ ކަންތައްވީ ގޮތުން ވެސް އަނެއްކާ ވެސް ހާމަވެއްޖެކަމަށް ދެކެން." އިންތި ވިދާޅުވިއެވެ.

ޒިޔާރަތަށް ނަދުރު ބުނުމާއި އެކަމަށް މަގުފަހިވާފަދަ ކޮންމެ ކަމަކީ ޝިރުކުގެ ތެރޭގައި ހިމެނޭ ޢަމަލެއް ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. އެހެންވެ، ދިދަތައް ނެގުމަށް ބައެއް ޢިލްމުވެރިން އިސްލާމިކް މިިނިސްޓްރީއަށް ގޮވައިލިއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!