ދުނިޔެ

އިޤްތިޞާދު ދަނީ ކުރިއަރަމުން: ޗައިނާގެ ޕްރިމިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފާއިތުވި ތިން ކުއާޓަރުގައި ޗައިނާގެ އިގްތިސާދު 3 އިންސައްތަ ކުރިއަރާފައިވާ ކަމަށާއި، "އުފުލިގެންދާ ޓްރެންޑެއް" ގައި އެ ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅެމުން އަންނަ ކަމަށް ޗައިނާގެ ޕްރިމިއާ ލީ ކެކިއާންގް ވިދާޅުވިއެވެ.

Ads by Sosun Fihaara

ޗައިނާގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި މިހެން ވިދާޅުވެފައިވަނީ، ކެމްބޯޑިއާގައި ކުރިއަށްދާ އާސިއާން ސަމިޓުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއޭވާއާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އޭގެ އިތުރުން މާކެޓް ހިންގުމާއި ވަޒީފާ އާއި އަގުތައް ހަމައަކަށް އެޅުމަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ޕްރިމިއާ ލީ ވިދާޅުވިއެވެ.

"އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ޓަކައި ސިޔާސަތުތަކާއި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އަޅުގަނޑުމެން ޕްރޮމޯޓް ކުރަމުން ގެންދާނަން،" ލީ ވިދާޅުވިއެވެ.

ސަރުކާރުން މިހެން ވިދާޅުވި ނަމަވެސް، ޗައިނާގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާފައިވަނީ ޤައުމުގެ އިޤްތިޞާދު ހީނަރުވަމުންދާ ކަމަށެވެ.

ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެކްސްޕޯޓާއި އިމްޕޯޓް ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސް، އިންފްލޭޝަން މަތިވެ، ބޭންކުތަކުން ދޭ ލޯނުގެ އިންޓްރެސްޓް ވަނީ މަތިވެފައެވެ.

ހުކުރު ދުވަހު ޗައިނާއިން ވަނީ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، އެ ގައުމުގެ އިގްތިސާދީ އަދި ސިނާއީ ހަރަކާތްތައް ހުއްޓުވާފައިވާ ޒީރޯ-ކޮވިޑް ސްޓްރެޓެޖީން ބައެއް ލުއިތައް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!