ދުނިޔެ

ޗައިނާގައި އަދިވެސް ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ވެރިރަށް ބެއިޖިންއާއި ޗައިނާގެ ބޮޑެތި ބައެއް ސިޓީތަކުން ހޯމަ ދުވަހު ރެކޯޑް އަދަދަކަށް ކޮވިޑް-19 ގެ ކޭސްތައް ފެނިއްޖެއެވެ.

Ads by Sosun Fihaara

އެއާއެކު ބަލި ފެތުރުން އަވަހަށް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވެފައިވާއިރު، އެކަމުގެ ސަބަބުން މީހުންގެ ދިރިއުޅުމަށާއި އިގްތިސާދީ ހަރަކާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވަނީ ބެލިެވިފައެވެ..

ނޭޝަނަލް ހެލްތް ކޮމިޝަނުން އާދީއްތަ ދުވަހު 14،761 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިއީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ފަހުން ޗައިނާއިން އެންމެ ގިނަ އިން ކޭސްތައް ފެނުނު ދުވަހެވެ..

ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން އަންނަ ސިޓީތަކުގެ ތެރޭގައި، ބެއިޖިން، ޗޮންގްކިންގް، ގުއާންޒޫ އަދި ޒެންގްޒޫގައި ހިމެނެއެވެ.

މިދިޔަ ހުކުރު ދުވަހު ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުއިއެއްދީފައެވެ.

ބަލިފެތުރުން ހުއްޓުވުމަށް ފަރުދުންނާއި އަވަށްތަކާއި އާންމު ތަންތަން އަދިވެސް ލޮކްޑައުން ކުރެވިދާނެ ކަމަށް ބެލެވޭ އިރު، ކްލޯސް ކޮންޓެކްޓުން ކަރަންޓީނުގެ މުއްދަތު ކުރުކުރުން ފަދަ ބައެއް ފިޔަވަޅުތަކަށް މީގެ ކުރިން ކޮމިޝަނުން ވަނީ ލުއިދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!