ނަވާޒް ޝަރީފް އަނބުރާ ޕާކިސްތާނަށް

ލަންޑަނުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ނަވާޒް ޝަރީފް ޤައުމަށް ވަޑައިގަންނަވާނީ، ކުރިއަށް އޮތް އާންމު އިންތިހާބާ ދިމާކޮށް، ޕާކިސްތާން މުސްލިމް ލީގު (ޕީއެމްއެލް-އެން) ގައި އިސްކޮށް ހަރަކާތްތެރިވުމަށެވެ.
އުމުރުން 72 އަހަރުގެ ޝަރީފަށް ލަންޑަނަށް ފުރުމުގެ ހުއްދަ ދީފައިވަނީ ބޭސްފަރުވާއަށް އެ ޤައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ލާހޯރު ހައި ކޯޓުން ދިނުމުންނެވެ. އޭގެ ފަހުން އޭނާ ހުންނެވީ އިނގިރޭސިވިލާތުގައި، އެ ޕާޓީގެ މަސައްކަތްތައް ކުރެއްވިއެވެ.
ޕީއެމްއެލް-އެންގެ އޮފިޝަލަކު އެކްސްޕްރެސް ޓްރިބިއުނަށް މައުލޫމާތު ދެމުން ބުނީ ހުރިހާ ކަމެއް ރަނގަޅަށް ހިނގައްޖެ ނަމަ އަންނަ މަހު ނަވާޒް ޝަރީފް އެނބުރި ވަޑައިގެން ޕާޓީގެ ހިންގުން އަނބުރާ ގެންދަވާނެ ކަމަށެވެ.
"އަވަސް އިންތިހާބެއް ބޭއްވުމުގެ ވާހަކަ އެ ޕާޓީން ގަބޫލެއް ނުކުރާނެ، ކޮންމެ ގޮތެއް ވިޔަސް. ޕީއެމްއެލްއެންގެ ސަރުކާރު ގެއްލުނު ނަމަވެސް އެ ޑިމާންޑަށް އެއްބަސް ނުވާނެ، އަދި މިއީ ފައިނަލް ކަމެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް އެ އިސް އޮފިޝަރަކު ވިދާޅުވެފައެވެ.
ޕީއެމްއެލް-އެންގެ ވެރިޔާ އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭނާގެ ކޮއްކޯފުޅު ޝަހްބާޒް ޝަރީފް މިއަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ވަޑައިގެންނެވުމުންނެވެ.