ދުނިޔެ

ކޮވިޑް ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާގައި މުޒާހަރާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮރޯނާވައިރަހުގެ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ޗައިނާގެ ދެކުނުގެ އިންޑަސްޓްރިއަލް ސަރަހައްދެއް ކަމަށްވާ ގުއާންޒޫގެ ރައްޔިތުން ފުލުހުންނާ ކުރިމަތިލައިފިއެވެ.

Ads by WAMCO

މީސްމީޑިއާގައި މިހާރު އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް މީހުން ފުލުހުންގެ ވެހިކަލެއް ފުރޮޅާލައި، މުޒާހަރާތ ދަނީ ކުރަމުންނެވެ.

އެ ސަރަހައްދުގައި މިހާރު ވަނީ ރަޔަޓް ޓީމްތައް ހަރަކާތްތެރިވާން ފަށފައެޗެ..

ގުއާންޒޫ މިހާރު ވަނީ ލޮކްޑައުންކޮށްފައެވެ. އެއީ އެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް ވަރަށް ބާރަށް ފެތުރެން ފަށާފައިވާތީއެވެ.

މި ސަރަޙައްދަކީ ފަގީރު އިޓިނެރަންޓް މަސައްކަތްތެރިން ތަކެއް ދިރިއުޅޭ ސަރަހައްދެކެވެ. ވަޒީފާއަށް ނުނިކުމެއްޖެ ނަމަ މުސާރަ ނުދިނުމާއި ކާބޯތަކެތީގެ ދަތިކަމާއި އަގުތައް އުފުލިގެންދާ ކަމުގެ ޝަކުވާ އެ މީހުން ކުރެއެވެ.

މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކުން ބުނެފައިވަނީ، ޓެސްޓު ކުރާ ކުންފުނިތަކުން ޕީސީއާރު ގެ ނަތީޖާ އޮޅުވާލާ، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުކުރަމުންދާ ކަމަށެވެ.

ޗައިނާގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އާއްމުން އެމަކާ ސަރުކާރާ ދެކޮޅަށް އަންނަނީ އަޑު އުފުލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!