ޚަބަރު

ކޮވިޑް ޖެހުނު 9 މީހަކު އައިސީޔޫގައި، އެކަކު ވެންޓިލޭޓަރުގައި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ނުވަ މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިވަގުތު ނުވަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެއީ ޑީއެޗް11 ގައި ދެމީހުންނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހަތް މީހަކު ކަމަށެވެ.

އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބި ހަތް މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވޯޑުތަކުގައި 135 ފަރާތަކަށް ފަރުވާ ދެމުންދާ ކަމަށާއި އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-16 ގައި ހަތަރު މީހަކު ތިބިއިރު، ށ.ފުނަދޫގައި އެއް މީހަކު، ބ. އޭދަފުށީގައި އެކެއް އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 129 މީހުން ކަމަށެވެ.

މިއަދު ރާއްޖެއިން 129 މީހަކު ވަނީ ކޮވިޑަށް ފައްސި ވެފައެވެ. މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4898 އަށް އަރާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!