ވިޔަފާރި

އެޗްޑީސީން ހުޅުމާލޭގައި ބޮޑު ސްކްރީންގައި ވޯލްޑްކަޕްގެ މެޗްތައް ދައްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން ޕާޓްނަރުންނާއިއެކު މިއަދު ވަނީ އެޗްޑީސީ އިން ސޮއިކޮށްފިއެވެ.

Ads by STELCO

އެގޮތުން އެޗްޑީސީއިން ވަނީ، މެއިން ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ސްޓެލްކޯ، އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މިހާރު އޮންލައިން، ބެވެރެޖް ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ، ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ތިންކް އަދި ސަޕޯޓިންގ ޕާޓްނަރުގެ ގޮތުގައި ވެލިގާ ހާޑްވެއަރއެކު ވަނީ މިއަދު ސޮއިކޮށްފައެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ދިނުމަށް ބޯޅަފޯރީގެ ނަމުގައި އެޗްޑީސީއިން ވަނީ ބޮޑު ސްކްރީން ބެހެއްޓުމުގެ އިންތިޒާމުތަކެއް ބަހައްޓާފައެވެ.

އެގޮތުން، ހުޅުމާލެގެ ދެ ސަރަހައްދެއްގައި  20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް މެޗުތައް އެޅުވުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެއް ސްކްރީން އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައެވެ. މިއީ ހުޅުމާލެގެ ފޭސް1 އަދި ފޭސް 2ގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެހެއްޓޭ ސްކްރީންތަކެއް ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!