އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ޗައިނާއަށް ޚާއްސަ ސަމާލުކަމެއް ދެނީ
 
                                                    އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އާ އަޣުލަބިއްޔަތު ރިޕަބްލިކަން މެމްބަރުން ބޭނުންކުރާނީ ވޮޝިންޓަނުން ޗައިނާއަށް ދޭ ސަމާލުކަން އިތުރަށް ހަރުދަނާކޮށް، ޔޫކްރެއިންއަށް ދޭ އެހީތައް އިތުރަށް ގާތުން މޮނިޓާ ކުރުމަށް ކަމަށާއި ނަމަވެސް ރަޝިއާއާ އެކު ކުރާ ހަނގުރާމައިގައި ކީވްއަށް ތާއީދު ކުރުން ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް ރިޕަބްލިކަން ޕާޓީން ބުނެފިއެވެ.
ހައުސްގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ރިޕަބްލިކަން ޕާޓީގެ މަންދޫބު މައިކަލް މެކައުލް ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކުރިއަރަމުން އަންނަ ޗައިނާއާ ވާދަކޮށް، ހައިޓެކް އެކްސްޕޯޓް މޮނިޓާ ކުރުން ކަމަށެވެ.
"ކޮމިއުނިސްޓް ޗައިނާއާ އެކު މިވަގުތު އަހަރެމެން މިތިބީ ބޮޑު ކޮންޕެޓިޝަނެއްގައި. އެ މީހުންނަކީ މިހާރު އަހަރެމެންގެ އެއް ވަނަ ވާދަވެރިޔާ އަދި ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ވެދާނެ،" ރޮއިޓާސް އަށް މެކައުލް ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީ ގުޅިގެން މިކަމުގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް މެކައުލް ވިދާޅުވިއެވެ.
 
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
