އިންޑިއާގެ ޕްރައިވެޓް ކުންފުންޏަކުން އުފެއްދި ފުރަތަމަ ރޮކެޓް ކާމިޔާބުކަމާއެކު ލޯންޗްކޮށްފި
ވިޔަފާރީގެ ޖައްވީ ސިނާއަތެއް އުފެއްދުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގައި އިންޑިއގެ އަމިއްލަ ކުންފުންޏަކނުން އުފެއްދި ފުރަތަމަ ރޮކެޓް ވިކްރަމް-އެސް ކާމިޔާބުކަމާއެކު ލޯންޗްކޮށްފިއެވެ.
ސްޕޭސް ސްޓާޓްއަޕް ސްކައިރޫޓުން އުފެއްދި 545 ކިލޯގެ މި ރޮކެޓް ޗެންނާއީ ކައިރީގައި އޮންނަ އިންޑިއާގެ ޖައްވީ އިދާރާގެ ލޯންޗް ސައިޓުން ފުރައިގެން 89.5 ކިލޯމީޓަރު (ކިލޯމީޓަރު) ގެ އުސްމިނަކަށް އެރިއެވެ.
މި ރޮކެޓަކީ އަޑުގެ ފަސް ގުނަ ބާރުމިނުގައި، 83 ކިލޯގެ ޕެލޯޑެއް 100 ކިލޯމީޓަރުގެ އުސްމިނަކަށް އުފުލުމުގެ ގާބިލުކަން ލިބިފައިވާ ރޮކެޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްކައިރޫޓް ޓީމުން ފުރަތަމަ ލޯންޗަށް 80 ކިލޯމީޓަރުގެ ޓާގެޓެއް ކަނޑައެޅިއިރު، މިއީ ބައެއް އެޖެންސީތަކުން ސްޕޭސް ފްރޮންޓިއާގެ ގޮތުގައި ސިފަކުރާ ބެންޗްމާކެކެވެ.
ޕްރައިވެޓް ސެކްޓާގެ ޖައްވީ ހަރަކާތްތައް ކޯޑިނޭޓްކުރާ އިންޑިއާ ސަރުކާރުގެ އެޖެންސީގެ މުގައްރިރު ޕަވަން ގޮއެންކާ ވިދާޅުވި ގޮތުގައި މިޝަން ޕްރަރަމްބް، ފެށުން ކާމިޔާބުކަމާއެކު ނިންމިކަން އިއުލާނު ކުރުމަކީ ވަރަށް އުފާވާ ކަމެކެވެ.
ޕަވަން ޗަންދަނާ އާއި ބާރަތު ޑާކާ ގުޅިގެން ފެށި ސްކައިރޫޓުން ވަނީ ކުދި ސެޓެލައިޓްތައް ލޯންޗް ކުރުމަށް މިހާރު ހުރި ޕްލެޓްފޯމްތަކާ އަޅާބަލާއިރު އުފެއްދުމަށް ބޭނުންވާ ހަރަދު90 ޕަސެންޓަށް ކުޑަކުރުމަށް އަމާޒު ހިފާފައެވެ.
އަންނަ އަހަރުން ފެށިގެން ސެޓެލައިޓް ޑެލިވަރީ ކުރުމުގެ ގާބިލްކަން ހުރި ރޮކެޓް ލޯންޗްތަކެއް ކުރަން އެ ކުންފުނިން ވަނީ ނިންމައިފައެވެ.