ދުނިޔެ

ބެލްޓް އެންޑް ރޯޑް ފޯރަމް އަނެއްކާ ވެސް ބާއްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތިން ވަނަ ބެލްޓް އެންޑް ރޯޑް ފޯރަމް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން އަންނަ އަހަރު ބޭއްވުމަށް ޗައިނާއިން ވިސްނާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

Ads by WAMCO

މިއީ ކޮވިޑް-19އަށްފަހު މި ފޯރަމް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.މީގެ ކުރިން 2017 ވަނަ އަހަރާއި 2019 ވަނަ އަހަރު މި ފޯރަމް ބޭއްވިއެވެ. އެ އަހަރުތަކުގައި ގިނަ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ.

ކޮވިޑް-19 ގެ ފަހުން ޗައިނާގެ ބޯޑަރުތައް ބަންދުކޮށް، އެގައުމުން ބާއްވަން ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ބޮޑެތި އިވެންޓްތައް ވަނީ ކެންސަލްކޮށްފައެވެ.

ޗައިނާއިން ދާދި ފަހުން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ބައެއް ކަންތައްތަކަށް ލުއިދޭން ފަށައިފައެވެ.

ޝީ މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބެންކޮކްގައި ބޭއްވި އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!