ޚަބަރު ސިޔާސީ

ވައްޑެ، ރައީސް ޞާލިޙަށް: ޕާޓީ ހަލާކުކޮށް ކިލަނބުކޮށްލަން ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްޑީޕީ ހަލާކުކޮށްލައްވައި ކިލަނބުކޮށްލެއްވުމަށް ދެވަނަ ދައުރަކަށް ނިކުމެވަޑައިނުގެން މަޑުކުރެއްވުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ގޮވާލައްވައިފިއެވެ.

Ads by STELCO

ކުލަބު ހައުސްގައި ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި ވައްޑެ ވިދާޅުވީ ''ހަމަހަމަ 4 އަހަރު'' ކަމަށް ވާހަކަ ދައްކަނީ ބޮޑެތި މަޤާމުތަކުގައި ތިބޭ މީހުން ކަމަށާއި ނަމަވެސް ހަމަހަމަކަން އޮތް ނަމަ އެ ވާހަކަ ދައްކާނީ އާދައިގެ މީހުން ކަމަށެވެ.

ވާހަކަތައް ދެއްކިދާނެ. ފިރުއައުނު އިރުގަ ނަމްރޫޒު ރަސްގެފާނު އިރުގަ އޭރުގަ ކަލަކު ކަމަށް ދަޢުވާކޮށް މީހުން ލައްވާ އެންމެ މަތީ އިލާހަކީ މަނިކުފާނޭ ކިޔުއްވައިގެން ވެސް އުޅުނު. އެހެންވީމަ ސަރުކާރުގެ ޕޭރޯލްގަ ބޮޑެތި މުސާރަތައް ދީގެން ވަޒީފާގެ އަޅުންނަށް ހަދައިގެން އުޅޭ މީހުން ލައްވާ ކޮންމެ ފަދަ ވާހަކައެއް ވެސް ދެއްކިދާނެ.

ވައްޑެ ވިދާޅުވީ ''ސަރުކާރުގެ ވަޒީފާއެއްގައި ހުންނަ މީހަކު ފިޔަވައި ހަމަހަމަކަމުގެ ވާހަކަ ބުނާ ތަނެއް އަޅުގަނޑަކަށް ނުފެނޭ'' ކަމަށެވެ.

ވައްޑެ ވިދާޅުވީ ހަތަރު އަހަރު ވީއިރު މަރު ތަކަށް އިންސާފު ހޯދައިދިނުމަށް ހަމަ ''އަތްވެސް ނުލާ'' ކަމަށާއި, ވައްކަން ބެލުމާއި ގެއްލުނު ފައިސާ ހޯދުން ހަމަ ''އޮތް ގޮތަށް އޮތީ'' ކަމަށާއި ކޮރަޕްޝަން އިތުރަށް ވީ ''ފުޅާ'' ކަމަށެވެ.

ހަމަހަމަ ހަތަރު އަހަރު ނަމަ ނޫނީ ކާމިޔާބު ހަތަރު އަހަރުނަމަ އަތް ބާނާނީކީ ރައްޔިތުންގެ ޖީބަކަށް ނޫން.

ކަންކަން މިހެން ހުރިއިރު ''ލަދެއް ހަޔާތެއް ނެތި މުޅި ދައުލަތް ބޭނުންކޮށްގެން ޕާޓީގެ ޕްރައިމަރީ ނަންގަވާނަމޭ ހިތާ އެ އުޅުއްވަނީ'' ކަމަށާއި ނަމަވެސް ޕާޓީ ހަލާކުކޮށްލައްވައި ކިލަނބުކޮށްލެއްވުމަށް ދެވަނަ ދައުރަކަށް ނިކުމެވަޑައިނުގެން މަޑުކުރެއްވުމަށް ވައްޑެ ވަނީ ރައީސް ޞާލިޙަށް ގޮވާލައްވައިފައެވެ.

އަޅުގަނޑު ދަންނަވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މި ޕާޓީ ހަލާކު ކޮށްލެއްވުމަށްޓަކާ މަނިކުފާނު މި ފަހަރު ނުނުކުންނަވާށޭ. މި ޕާޓީއަކީ އެތައް ބައެއްގެ އެތައް މަސައްކަތުން ނަގާ ކޮޅަށް ޖަހާފަ އޮތް ޕާޓީއެއް. މި ޕާޓީ މިހާތަނަށް ބޮޑުކޮށް ކާމިޔާބުކޮށް މި އޮތީ ޕާޓީއަށް ގިނަ ބަޔަކު ކުރާ އިތުބާރުގެ މަތިން. އެ އިތުބާރު ނަގައިލުމަށް ޕާޓީ ކިލަނބުކޮށްލުމަށް މަނިކުފާނު ދެން ނުނުކުންނަވާށޭ. މަޑުކުރައްވާށޭ.

ރައީސް ޞާލިޙް ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ. ނަމަވެސް އެއީ ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫންކަމަށް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި އެ މަނިކުފާނުގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.

  1. ފެއިލް

    މީގެކުރިންވެސް ނަޝީދުގެ ސިޔާސީ މަންފާއަށް ޕާޓީގެ މެމްބަރުން އެތައް އަނިޔާތަކެއް ދެވިއްޖެ. އަނެއްކާވެސް ނަޝީދު ވެރިކަމަށް އައުމުގެ ހުވަފެނުގައި އެމްޑީޕީ މެމްބަރުން ގުރުބާން ނުކުރައްވާ. އެމްޑީޕީ މެމްބަރުންގެ ކުރިމަގު އަނެއްކާ ހަރާބުކޮށް ނުލައްވާ އަނިޔާއާ ކުރިމަތިލާން ނުޖައްސަވާ މަގުމަތި ނުކުރައްވާ. ނަޝީދަށް ވެރިކަން ހަވާލު ކުރުމަކީނދިވެހިން އެދޭގޮތެއްނޫން. އެކަމާ ހެދި ޕާޓީ ހަލާކުކޮށް ނުލާ.

  2. ފޮރޮޅު

    މީގެކުރިންވެސް ނަޝީދުގެ ސިޔާސީ މަންފާއަށް ޕާޓީގެ މެމްބަރުން އެތައް އަނިޔާތަކެއް ދެވިއްޖެ. އަނެއްކާވެސް ނަޝީދު ވެރިކަމަށް އައުމުގެ ހުވަފެނުގައި އެމްޑީޕީ މެމްބަރުން ގުރުބާން ނުކުރައްވާ. އެމްޑީޕީ މެމްބަރުންގެ ކުރިމަގު އަނެއްކާ ހަރާބުކޮށް ނުލައްވާ އަނިޔާއާ ކުރިމަތިލާން ނުޖައްސަވާ މަގުމަތި ނުކުރައްވާ. ނަޝީދަށް ވެރިކަން ހަވާލު ކުރުމަކީނދިވެހިން އެދޭގޮތެއްނޫން. އެކަމާ ހެދި ޕާޓީ ހަލާކުކޮށް ނުލާ.