ޗައިނާއިން ޓައިވާނަށް ދިން ޕެންޑާ މަރުވެއްޖެ
 
                                                    ޗައިނާއިން 2008 ވަނަ އަހަރު ޓައިވާނަށް ހަދިޔާކުރި ޕެންޑާއެއް ސިއްހީ ހާލު ގޯސްވެ މަރުވެފައިވާ ކަމަށް ޓައިޕޭ ޒޫ އިން ބުނެފިއެވެ.
ޓުއާން ޓުއާން އާއި އޭނާގެ ބްރީޑިން ޕާޓްނަރު ޔުއާން ޔުއާން ޓައިވާނަށް ދިނީ ޗައިނާއާއެކު އޮތް ގުޅުން ރަނގަޅު އިރުގައެވެ. ނަމަވެސް އޭގެ ފަހުން ގުޅުން ހީނަރުވެ، ޓައިވާނަކީ ބެއިޖިންގްގެ ބައެއްގެ ގޮތުގައި ދެކޭ ޗައިނާގެ ގުޅުން ވަނީ ހީނަރުވެފައެވެ.
ޓުއާން ޓުއާން ބަލިވެ އިންކަން ޒޫއަށް އެންމެ ފުރަތަމަ އެނގުނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
އޭނާ ބެލުމަށް ޗައިނާގެ ވެޓްން ކުރި ސްކޭންތަކުން އެނގުނު ގޮތުގައި އޭނާގެ ސިކުނޑިއަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭރު ވަނީ ބޭސް ވެސް ދޭން ފަށާފައެވެ.
ޕެންޑާ މަރުވެފައިވަނީ އުމުރުން 18 އަހަރުގައެވެ.
ޗައިނާއިން ދޭދޭ ޤައުމުތަކުގައި އޮންނަ ގުޅުން ދައްކާލުމަށް ޕެންޑާ ހަދިޔާކުރެއެވެ.
 
   
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
