ދުނިޔެ

ޗައިނާއަށް ހުޅަނގުން ސަމާލުވާން ޖެހޭ: ނޭޓޯގެ ވެރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކިއެވްއާ ދެކޮޅަށް މޮސްކޯއިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ހަކަތައިގެ ސަޕްލައިއިން ބޭރުވަމުންދާއިރު، ހުޅަނގުގެ ގައުމުތަކުން ޗައިނާއަށް އާ ބަރޯސާނުވުމަށް ސަމާލުވާން ޖެހޭ ކަމަށް ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބާގް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސްޕެއިނަށް ކުރެއްވި ދަތުރުފުޅުގައި ސްޓޮލްޓެންބާގް ވިދާޅުވީ، އަޅުގަނޑުމެންގެ މުހިންމު އިންފްރާސްޓްރަކްޗާ އާއި ސަޕްލައި ޗެއިންތަކާއި ސިނާއީ މުހިންމު ދާއިރާތައް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް އިތުރުވަމުންދާތަން ފެންނަ ކަމަށެވެ.

ސްޓޮލްޓެންބާގް ވަނީ އެކުވެރި ގައުމުތަކުގެ މުޖުތަމައުތަކާއި އުމްރާނީ ވަސީލަތްތައް އިތުރުކުރުމަށް ގޮވާލައްވާފައެވެ.

"ޗައިނާ އިން ހަމައެކަނި ފެންނަ މިނަރަލްސް،ޅުގަނޑުމެންގެ ފޯނާއި، އަޅުގަނޑުމެންގެ ކާރުތަކާއި، އަސްކަރީ އާލާތްތަކުގައި އެބަހުރި. އޭގެ ބާރުގައި އަޅުގަނޑުމެންގެ ނާޒުކުކަމުގެ ބޭނުން ހިފައި، އަޅުގަނޑުމެން ނިކަމެތިކޮށްލުމުގެ އެއްވެސް ފުރުސަތެއް ދެވިގެން ނުދާނެ"

ނޭޓޯއިން މިދިޔަ ޖޫން މަހު އެއްބަސްވި އާ ސްޓްރެޓެޖިކް ކޮންސެޕްޓްގައި ޗައިނާ ސިފަކޮށްފައި ވަނީ އެ އިއްތިހާދުގެ "މަސްލަހަތާއި ސަލާމަތާއި އަސާސްތަކަށް" ގޮންޖަހާ ޤައުމެއްގެ ގޮތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!