ކުޅިވަރު ފުޓްބޯޅަ

އީރާން އަތުން އިންގްލެންޑަށް ބޮޑު މޮޅެއް

ދެން އެމްވީ ، ދެން އޮންލައިން

ގަތަރު ވޯލްޑް ކަޕް 2022 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް ބީގެ ފުރަތަމަ މެޗުން އީރާން އަތުން އިންގްލަންޑް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ގަތަރު ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ހޯމަ ދުވަހު ކުޅުނު މި މެޗު އިންގްލަންޑުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އިންގަލަންޑުން ޖޫޑް ބެލިންގްހަމް ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އޭގެ ފަހުން މެޗުގެ 43 ވަނަ މިނެޓުގައި ބުކާއޯ ސަކާ ވަނީ އިންގްލަންޑަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. ރަހީމް ސްޓާލިން ވަނީ މެޗުގެ 55 ވަނަ މިނެޓުގައި ލްނޑެއް ޖަހައިފައެވެ. 62 ވަނަ މިނެޓުގައި އަނެއްކާވެސް ސަކާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

އަދި މެޗުގެ 71 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް އިތުރު ލަނޑެއް ޖަހާފައިވާއިރު މެޗުގެ 90 ވަނަ މިނެޓުގައި އިންގްލަންޑުން ކާމިޔާބުކުރި ހަވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖެކް ގްރީލިޝްއެވެ.

ގްރޫޕްގެ ދެވަނަ މެޗުގައި އިންގްލެންޑް ބައްދަލުކުރާނީ އެމެރިކާއާ އެވެ. އިރާން ނިކުންނާނީ ވޭލްސްއާ ދެކޮޅަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!