ފުޓްބޯޅަ

ހުރިހާ ރިކޯޑެއް މުގުރަމުން އަންނަ މެސީ، އެންމެ ފަހުން ފައިސާގެ ނޯޓަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުޅި އާޖެންޓީނާ އެ މީހަކަށްޓަކައި ފަޚްރުވެރިވާ މީހެކެވެ. އެއީ 1986 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ކޮންމެ މީހަކު ވެސް ދެކެމުން އައި ހުވަފެނުގައި ކުލަ ޖައްސައިދިން މީހާއެވެ. މި ދައްކަނީ އާޖެންޓީނާގެ ފޯވާޑް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ވާހަކައެވެ.

Ads by STELCO

މިއަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށް، މެސީ އަނބުރާ ޤައުމަށް ދިއުމާއެކު ފެނިގެން ދިޔައީ ވަރަށް ވެސް ތާރީޚީ މަންޒަރެކެވެ. މަގުތައް މުޅިން ފުރާލިއެވެ. މެސީއަށް އޮތް ތާއީދު ދައްކާލިއެވެ. މުޅި ޓީމަށް އޮތް ތާއީދު ހާމަވެގެން ދިޔައެވެ.

މެސީއަކީ އާޖެންޓީނާގެ ޤައުމީ ޓީމުގެ ކެޕްޓަންއެވެ. މުޅި ޓީމު ކުރިޔަށް ކުޅޭ، ކުރިޔަށް ގެންދާ ފަރާތެވެ. ޓީމުގެ އެންމެ މުހިންމު އެއް ބައިވެރިރާއެވެ.

މިކަން މިހެން އޮތުމާއެކު އާޖެންޓީނާގެ ސަރުކާރުން ދަނީ، މެސީގެ މޫނު އެ ޤައުމުގެ ފައިސާގެ ނޯޓް، ޕޭސޯގައި ޖެހުމަށް ވިސްނަމުންނެވެ.

އާއްމުކޮށް ޤައުމުތަކުގެ ފައިސާގައި ހުންނަނީ އެ ޤައުމެއްގެ ފައުންޑަރު ނުވަތަ ޤައުމަށް ބޮޑެތި ޚިދުމަތްކޮށްދީފައިވާ މީހުންގެ ފޮޓޯއެވެ. މިސާލަކަށް އިންޑިއާގެ ރުޕީސްގައި މަހާތުމާ ގާންދީއެވެ. އެމެރިކާގެ ޑޮލަރުގައި އެ ޤައުމުގެ ކުރީގެ ރައީސުންނެވެ.

އާޖެންޓީނާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިހާރު އެ ފައިސާގެ މޮކަޕްތައް ދަނީ ދައުރުވަމުންނެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއް ވެސް އިދާރާއަކުން މިކަން ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.

މިކަންކޮށްފިނަމަ، މިއީ އާޖެންޓީނާގައި މިކަހަލަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 1978 ވަނަ އަހަރު އާޖެންޓީނާއަށް ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ލިބުމާއެކު، އޭރު ބޭނުން ކުރަމުން ދިޔަ ފައިސާގެ ކޮއިންގައި އެ ވާހަކަ ވަނީ ކަނޑާ ނަގާފައެވެ.

މިހާރު ދައުރުވަމުން އަންނަ މޮކަޕްގެ އެއް ފަރާތުގައި މެސީ ހުންނައިރު، އަނެއް ފަރާތުގައި އާޖެންޓީނާގެ މުޅި ޓީމު ތައްޓާއެކުވާ ފޮޓޯއެއް ހުރެއެވެ. މި ޑިޒައިން ބޭނުން ކުރާނީ 1،000 ނޫޓްގައެވެ.

Ads by HDC
  1. ޑިމޮކްރަސީ

    ރަގަޅުކަމެއް މެސީ އަކީ ހަމަލެޖެންޓެއް

  2. ޢަހްމަދު އަލީ

    ދަގަނޑޭއަށް ވުރެ ފަހަތުގައި ތިކަމުގައިވެސް