ފުޓްބޯޅަ

ފީފާ ރޭންކިންގައި ޤައުމީ ފުޓްބޯޅަ ޓީމު ދަށަށް! 156 ވަނައިގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ފުޓްބޯޅައިގެ ޖަމިއްޔާ، ފީފާއިން ކޮންމެ ދެ މަހަކުން އެއްފަހަރު ނެރޭ، ފީފާ ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ދަށްވުމެއް ލިބިއްޖެއެވެ.

Ads by STELCO

އެންމެ ފަހުން ފީފާ މެންސް ރޭންކިން ނެރެފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގައެވެ. މިއަދު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގައެވެ.

ރާއްޖޭގެ ރޭންކިން ވެއްޓިފައިވަނީ މިމަހު ސިންގަޕޫރާއި މެލޭޝިއާ އާ ދެމެދު ކުޅުނު ދެ މެޗުން ވެސް ރަނގަޅު ނަތީޖާއެއް ނުނެރެވުމުންނެވެ.

ރާއްޖެއަށް ރޭންކިންގްގައި ދެ ދަރަޖަ ފަހަރަށް ޖެހުނުއިރު، ރާއްޖެ މިވަގުތު އޮތީ ސާކުގެ ޤައުމުތަކުން ދެ ވަނައިގައެވެ. އެއްވަނައިގައި އޮތީ 106 ވަނައިގައި އޮތް އިންޑިއާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!