ދުނިޔެ

ގިނަ ދުވަސްތަކަކަށްފަހު ޗައިނާގައި ކޮވިޑް-19 މަރުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސް ދުވަސް ފަހުން ޗައިނާގައި ކޮވިޑް-19 ޖެހިގެން ތިން މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ކޮވިޑުގެ ކަންކަން ހަމައަކަށް އެޅެމުން އައިސް ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ތިން މީހުން މަރުވުމުން އެ ޤައުމުން އަންނަނީ އަނެއްކާވެސް ޓެސްޓް ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މީހުން މަރުވެފައިވަނީ ޗައިނާ ސަރުކާރުން ގެންގުޅޭ "ޒީރޯ ކޮވިޑް" ޕޮލިސީއާ ދެކޮޅަށް އެއްވުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. މި ޕޮލިސީއަކީ ކޮވިޑު ފެތުރުނަ ނުދިނުމަށާއި އެ ބަލި ނައްތާލުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.

މި ޕޮލިސީގެ ދަށުން އެ ޤައުމުގެ ސަރުކާރުން އަންނަނީ އެތައް ބަޔަކު ގަދަކަމުން ލޮކްޑައުންކޮށް، ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ވެސް ގަދަކަމުން ކަރަންޓީނު ކުރަމުންނެވެ.

ކޮވިޑުގައި އަނެއްކާވެސް މަރުތަކެއް ރިޕޯޓް ކުރުމާއެކު މިފިޔަވަޅުތައް ވަރުގަދަކޮށް ބެއިޖިންގ މިހާރު ވަނީ އަނެއްކާވެސް ލޮކްޑައުން ކޮށްފައެވެ. އަދި ސްކޫލްތަކާއި ރެސްޓޯރެންޓުތަކާއި ފިހާރަަތައް ވަނީ ބަންދުކޮށްފައެވެ.

އެހެން ސަރަހައްދުތަކުން ބެއިޖިންއަށް ދަތުރު ކުރާ ފަރާތްތަކުން ތިން ދުވަސް ވަންދެން ޓެސްޓް ހައްދަން ޖެހޭނެއެވެ. އަދި ބޭރަށް ދެވޭނީ ހުރިހާ ޓެސްޓެއް ވެސް ނެގެޓިވްވުމުންނެވެ.

ޗައިނާގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 5،229 އަށް ވަނީ އަރައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!