ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ފިލިޕީންސްއާއެކު އެމެރިކާ އޮންނާނެ: ކަމަލާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު ޗައިނާ ކަނޑުގައި އުފެދިފައިވާ މައްސަލަތަކުގައި ވޮޝިންޓަން ހުންނާނީ ފިލިޕީންސްއާ އެކުގައި ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

Ads by WAMCO

ކަމަލާ މިހެން ވިދާޅުވީ، ޚިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގައި އޮންނަ ޕަލަވާން އައިލެންޑަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިންނެވެ.

ޕުއެޓޯ ޕްރިންސްސާ ބޭގައި ބަނދަރުކޮށްފައިވާ ފިލިޕީންސްގެ ކޯސްޓްގާޑުގެ އުޅަނދެއްގައި ހުންނެވި ހެރިސް ވިދާޅުވީ އެ ސަރަހައްދުގެ މުސްތަގުބަލުގައި އެމެރިކާ އާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް ކަމަށެވެ.

"ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އިހުތިރާމް ކުރުމާއި، ހުއްޓުމެއް ނެތި ވިޔަފާރިކުރުމާއި، ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމާއި، ދެކުނު ޗައިނާ ކަނޑުގެ އިތުރުން މުޅި އިންޑޯ ޕެސިފިކް ސަރަހައްދުގައި ކަނޑުދަތުރުފަތުރާއި އޯވާފްލައިޓް ކުރުމުގެ މިނިވަންކަން ފަދަ އުޞޫލުތަކުގެ ދިފާއުގައި ތެދުވާން ޖެހޭ،" އެކަމަނާ ގެ ތަގުރީރުގައި ވިދާޅުވިއެވެ.

ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދަކަށް ބެއިޖިން އިން ދަޢުވާކުރާއިރު، އެ ކަނޑުގެ ތެރޭގައި ތެލާއި ގޭހުގެ ބޮޑެތި ޑިޕޮސިޓްތައް ހިމެނޭކަމަށް ބެލެވޭ އިރު، އެ ކަނޑުގެ ތެރެއިން ކޮންމެ އަހަރަކު ޓްރިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރެއެވެ.

2016 ވަނަ އަހަރު އާބިޓްރޭޝަން ޓްރައިބިއުނަލަކުން ނެރުނު ހުކުމުގައި ބުނެފައި ވަނީ ބެއިޖިންއިން ދެކުނު ޗައިނާ ކަނޑުގެ ބޮޑެތި ކްލެއިމްތަކުގެ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ. ނަމަވެސް ޗައިނާގެ ބާރުގެ ސަބަބުން ފިލިޕީންސަށް އެ ހުކުމް ތަންފީޒު ނުކުރެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!