ޚަބަރު

އީވާ ނުރުހެނީ، މާލެއާ ރާއްޖެތެރެ ތަފާތު ނުކުރާތީ: މަވޯޓާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު--

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، މާލެއާ އަތޮޅުތެރެ ތަފާތު ނުކުރައްވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ނުރުހުންވެވަޑައިގެންފައިވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by MWSC

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާ، މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވައިފައެވެ.

މި ބަހުސްގެ ތެރެއިން، އީވާ ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރެއްވީ، ވެރިރަށް މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ސަރުކާރުން ނުފުއްދަވާ ކަމަށް ވިދާޅުވެއެވެ. ބޯހިޔާވަހިކަމުގެ ވައުދަކީ "އުއްމީދީ ބަޖެޓޭ" ކިޔައިގެން ފުއްދޭނެ އެއްޗެއް ނޫންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އީވާއަށް ފާޑުވިދާޅުވެ، ރައީސް ޞާލިޙުގެ ފެކްޝަނުގެ މެމްބަރު މަވޯޓާ ވިދާޅުވީ އީވާ ނުރުހުންވެވަޑައިގަތީ ޒަމާނުއްސުރެ ސަރުކާރުތަކުން، ރާއްޖެތެރެއާ މާލެ ތަފާތު ކުރައްވަމުން އައިގޮތަށް، މި ސަރުކާރުން ނުކުރައްވާތީ ކަމަށެވެ.

"ރާއްޖެތެރެ ރަށްރަށުގަ، ނަރުދަމާއާ ބޯފެން، އަދި ބަނދަރު ހަދާތީ އެންމެ ބޮޑަށް އީވާ ހިތްޕުޅުހަމަނުޖެހުނީ." އޭނާ ލިޔުއްވިއެވެ.

މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ، އެމްޑީޕީގެ ކިބައިން ރައްޔިތުން އުއްމީދު ކުރީ ހަމައެކަނި ބަނދަރެއް ނޫން ކަަމަށެވެ. ބަނދަރާ، ފެނާ ނަރުދަމާގެ މަޝްރޫޢުތަކަކީ މުހިންމު މަޝްރޫޢުތައްކަން ޤަބޫލު ކުރައްވާ ކަމަށާއި، އެއީ އަސާސީ ހައްޤުތަކެއް ކަމުގައިވާއިރު، އެކަން ސަރުކާރުން ފުއްދައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

 

Ads by HDC
  1. މާލެ މީހުނަށް ފައިދާ ވާނީ މާލޭގައި ހުރިހާ ވިޔަފާރިޔެއް އޮތީމާ އެހެންވެ ހަށި ވިއްކުން މާލޭގައި އޮންނަންޖެހޭ، ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް !