ވާދަވެރިންނާއެކު މަސައްކަތްކުރުމުގެ ގާބިލުކަން ހުރީ ހަމައެކަނި ރައީސް ޞާލިޙްގެ ކިބައިގަ: ޝަރީފް
ވާދަވެރިންނާއިއެކު މަސައްކަތްކުރުމުގެ ގާބިލުކަން ހުރީ ހަމައެކަނި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކިބައިގައި ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަކީ ކޮވިޑް ވަބާގެ ގޮންޖެހުންތަކާ އެކު ވެސް ރާއްޖެ އަށް ތަފާތު ދެއްކެވި ރައީސެއް ކަމަށެވެ.
އަދި މުޅި ދުނިޔެ އިގުތިސާދީ ކާރިސާއެއްގެ ތެރޭގައި އޮއްވައި ވެސް ގައުމުގެ އިގުތިސާދު ފުން ވަޅުގަނޑަކަަށް ވެއްޓިޔަ ނުދީ ރައީސް ޞާލިޙް ހިފަހައްޓައި ދެއްވި ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބުގައި އެމްޑީޕީން ނެރެން އެންމެ ރަނގަޅު ކެނޑިޑޭޓަކީ ރައީސް ޞާލިހުކަން ހާމަކުރައްވައި ޝަރީފް ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާނަމަ ތަފާތު ފިކުރުގެ މީހުންނާއެކު މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރި، ދަތި އެދަނގޫ ދަނޑިވަޅުގައިވެސް “ޑިޒިޝަން” ނަންގަވަން ކެރޭ ލީޑަރެއް ނެރެން ޖެހޭ ކަމަށެވެ. އެފަދަ ލީޑަރަކަށް ފެންނަން ހުރީ ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް އަކީ ފަހަކަށް އައިސް ރައީސް ނަޝީދާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ މެމްބަރެކެވެ. އެހެންނަމަވެސް ސަަރުކާރާއި ރައީސަށް ޝަރީފް ދަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ.
އާނ! އެހެންވީމާދޯ ޙާލަތާނުގުޅޭ ބާރުގެ ބޭނުންކޮށްގެން ޞުލްޙަވެރި އެއްވުންތައްވެސް ރޫޅާލަނީ
އަދި ހަމައެކަނިހުރި އިދިކޮޅު ލީޑަރ ހިފައި ހައްޔަރު ކުރުމުގެ ބޭނުމުގައި އެއުޅެނީީ
ބަލަގަ ޝަރީފޫ ކަލޭމެންގެ ބަހާއި، ޢަމަލު ދިމާނުވާކަން ރައްޔިތުންނަށް އެބައެނގެޔޭ
ދައުލަތުގެ މާލިއްޔަތުން ލޯނުނަގާ ސިޔާސީ ވަފާތެރި ކެހިވެރިން އަބަދުވެސް ކޮންމެ ސަރުކާރެއްގައިވެސް އުޅޭނެ، އެމީހުން އަބަދުވެސް ގޮޅީގައި ސޭލް ގޮނޑީގައި ސޭލް އަޅުވައިގެން އޭރެއްގައި ހުންނަ ރައީސަކަށް ޕުރެޝާ އާއި ސަނާކިޔައިގެން އެއްކަލަ ލޯނުގެ ދަރަނި މާފުކުރުވަން ނުދައްކާ ވޭތޯ މަސައްކަތްކުރަނީ !