ދުނިޔެ

ދިއްލީގައި ބޭއްވި ޓެޒަރިޒަމް ސަމިޓުގެ ނިންމުންތަކަށް އދ އިން މަރުހަބާ ކިޔައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އދ ގެ އިދާރާއިން ބޭރުން، ދިއްލީގައި ބޭއްވި ޓެރަރިޒަމް ސަމިޓުގެ ނިންމުންތަކަކީ އާ ބެންޗްމާކެއް (އާ މިންގަނޑުތަކެއް) ކަމަށް ބެލޭނެ ކަމަށް އދ ގެ ކައުންޓާ ޓެރަރިޒަމް ޔޫއެންސެކިއުރިޓީ ކައުންސިލުން ބުނެފިއެވެ.

Ads by Sosun Fihaara

މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު، އދ ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރުން ދިއްލީގައި ބެއްވި ސަމިޓުގައި އާ ޓެކްނޮލޮޖީއާއި ޓެރަރިޒަމާ އޮތް ގުޅުން ދެނެގަނެ، ޓެކްނޮލޮޖީގެ އެހީގައި ހިންގާ ޓެރަރިޒަމްހެ ހަރަކާތްތަކާއި ޓެރަރިޒަމް ހިންގާ ފަރާތްތަކުން ކުރާ ފައިސާގެ މުއާމަލާތްތައް ހުއްޓުވާނެ ގޮތް ތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.

އިންޑިއާގެ އިސް ނެގުމަށް އެ ގައުމުގައި ބޭއްވި ސަމިޓުގައި އިންޑިއާއިން އަދާކުރި ދައުރުގެ މުހިންމު ކަން އދ ގެ އިދާރާގައި ފާހަގަކޮށް އެ ގައުމަށް ޝުކުރު އަދާ ކޮށްފައި ވާއިރު، ސެކިއުރިޓީ ކައުންސިލްގެ މެންބަރުން ވަނީ، އެ ސަމިޓުގެ ނިންމުންތަކަކީ ގައުމުތަކުން އަމަލުކުރުން ލާޒިމު ނިންމުންތަކެއް ނޫން ނަމަވެސް، އާ މިންގަނޑެއްގެ ގޮތުގައި ބަލައިގަންނަ ކަން ފާހަގަ ކޮށްފައެވެ.

ދިއްލީ ސަމިޓުގައި ގައުމުތަކުން ވަނީ ޓެރަރިސްޓް ޖަމާއަތްތަކުން، އެމީހުންގެ ހަރަކާތްތައް ހިންގުމަށް ބޭނުން ކުރާ ޒަމާނީ ޓެކްނޮލިޖީގެ ވަސީލަތްތައް ލިބުނަ ނުދިނުމަށް މަސައްކަތް ކުރަން އެއްބަސްވެފައެވެ.

ސެކިއުރިޓީ ކައުންސިލްގެ 15 މެންބަރު ގައުމު ބައިވެރިވި ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި ކަންކަމުގެ ތެރޭގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގަން އެފަދަ ޖަމާއަތްތަކުން ބޭނުން ކުރާ ޒަމާނީ އާލާތްތަކާއި ޓެކްނޮލޮޖީ ދެނެގަނެ އެތަކެތި ހުއްޓުވުމާއި، ސޯޝަލްމިޑިއާގެ އެކި ވަސީލަތްތަކުގައި އެފަދަ ޖަމާއަތްތަކުން ހިންގާ ހަރަކާތްތައް ދެނެގަތުމާއި، މެސެޖާއި އެނޫންވެސް ވަސީލަތްތައް ދެގެގަނެ ހުއްޓުވުން ހިމެނެއެވެ.

މި ބައްދަލުވުމުގައި އިންޑިއާއިން ވަނީ، އެގައުމުގެ ބޮމްބޭއަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާ އާ ގުޅެ އާ އޯޑިއޯއެއްވެސް އިއްވާފައެވެ. އެ އޯޑިއޯގައި ބޮމްބޭއަށް އިން ހަމަލާ ރާވާ ހިންގި މޭސްތިރިޔާ، އެކަން ހިންގި މީހުންނަށް ކަން ކުރަންވީ ގޮތުގެ އިރުޝާދު ދީ ކިޔައިދޭ އަޑު އިވެއެވެ.

އޯޑިއޯއަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖަޔާޝަންކަރު ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތްތައް ދެމި އޮތުމުގެ އެންމެ މުހިންމު ވަސީލަތަކީ ފައިސާ ކަމަށާއި އެ ފައިސާ ދައުރުވާ ގޮތާއި ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!