ސިޔާސީ މަގުސަތުތައް ހާސިލްކުރުމަށް އަންހެނުންވެސް އަންހެނުންނަށް ފުރައްސާރަކުރާ ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ރޮޒައިނާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގެވެށި އަނިޔާ އަދި އެހެނިހެން މާހައުލުތަކުގައި އަންހެނުންނަށް ކުރާ ޖިސްމާނީ އަނިޔާގެ އިތުރުން، ސޯޝަލް މީޑިއާގައި، ޚާއްޞަކޮށް ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ނަފްސާނީ އަނިޔާ ދެކުންދާ ކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އަދި ޔޫއެން ވިމެން އިން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ފަދައިން މިމުނާސަބަތުގައި، ތަފާތު ކުރުމަށްޓަކައި ޤާނޫނުތަކާއި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ބައިވެރިވާ އަންހެން ވަކީލުންގެ ޢަދަދު އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ސިޔާސީ ދާއިރާއަކީ އަންހެނުންނަށް މަޖިލީހާއި ސަރުކާރަށް ވަނުމަށް މަގު ފަހިކޮށްދޭނެ އެންމެ މުހިންމު ޕްލެޓްފޯމު ކަމަށާއި އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމަށްޓަކައި ހަރުދަނާ އަންހެން ލީޑަރޝިޕެއް ސިޔާސީ މައިދާނަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެ ބަޔާނުގައި ރޮޒައިނާ ވިދާޅުވިއެވެ.
“ނަމަވެސް މި މަސައްކަތަށް ހުރަސް އެޅެނީ ނަފްސާނީ އަނިޔާއާއި އަންހެން ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުންނަށް އަނިޔާކުރަން ގޮވާލަމުން ދާތީ. ބަހުގެ ހަމަލާތަކާއި އިންޒާރުތަކުގެ އިތުރުން އަންހެނުންނަށް ހާއްސަކޮށް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެ، ބޮޑެތި ގެއްލުންތަކެއް ލިބޭ” ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ފިރިހެނުންގެ އިތުރުން އަންހެނުންވެސް އެހެން އަންހެނުން ނިކަމެތިކޮށް، ސިޔާސީ މައިދާނުގައި ދެމިތިބޭ އަންހެނުންނާ މެދު ފިތުނަފަސާދަ އުފައްދައި ތަފާތުކުރުމާއި، ފުރައްސާރަކުރުމަށް މަގުފަހިކޮށްދިނުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
ރޮޒައިނާ ވަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި ނަމަވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަށް ގޮވާލާފައެވެ.
އަންހެނަކު ފިރިހެނަކަށް ކިތައްމެ ބޮޑު އަނިޔަލެއް ދިނުމަކީ އޯކޭ ކަމެއްތަ
ފުރަތަމަ ތިމާމީހާ އިސްލާހުވެފާ ދެން ތިއަވާހަކަ ދައްކާ
ޢިސްލާމް ދީނުގައި އޮންނަނީ އެއްބަޔަކު އަނެއްބަޔަކަށް އާޑަ ފުރައްސާރު ނުކުރާށޭ !