ދުނިޔެ

އެންޑީ ޓީވީ ގަންނަނީ ޒިންމާއެއްގެ ގޮތުގައި އެކަން ދެކޭނީ: އަދާނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ނިއުސް ބްރޯޑްކާސްޓަރު ނިއު ދިއްލީ ޓެލެވިޒަން ލިމިޓެޑް (އެންޑީޓީވީ) ގަންނަން މަސައްކަތް ކުރަނީ ވިޔަފާރީގެ ފުރުސަތެއްގެ ބަދަލުގައި "ޒިންމާއެއް" ގެ ގޮތުގައި ކަމަށް އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވީ, ފައިނޭންޝަލް ޓައިމްސް އަށް ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައެވެ.

އޭޝިއާގެ އެންމެ މުއްސަނދި ފަރާތް ކަމަށްވާ އަދާނީ ހިންގާ ޕޯޓްސް ޓު އެނާޖީ ކޮންގްލޯމަރޭޓުން ވަނީ މިނިވަން މީޑިއާއެއް ކަމަށްވާ އެންޑީޓީވީގެ މެޖޯރިޓީ ހިއްސާ ހޯދުމަށް އޮގަސްޓް މަހުގެ ފަހުކޮޅު ޕްލޭންތަކެއް އާންމުކޮށްފައެވެ.

އޭއާއެކު މިލްކުވެރިކަން ބަދަލުކުރުމުން އެންޑީޓީވީގެ އެޑިޓޯރިއަލް އިންޓެގްރިޓީ ގެއްލޭނެ ކަމުގެ ކަންބޮޑުވުން ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ އުފެދިފައެވެ.

އޭނާ ވިދާޅުވީ, މިނިވަން ނޫސްވެރިކަމަކީ ހަމައެކަނި ސަރުކާރުގެ ނުރަނގަޅު ވާހަކަ ދެއްކުން ނޫން ކަމަށާއި ސަރުކާރުން ރަނގަޅަށް ކުރާ ކަންކަން ވެސް މީޑިއާއިން ފާހަގަ ކުރަން ޖެހޭނެ ކަމަށެވެ.

1988 ވަނަ އަހަރު ދެމަފިރިން ކަމަށްވާ, ޕްރޮނޯއީ ރޯއި އާއި ރާދިކާ ރޯއީގެ ހިއްސާ އޮންނަ އެންޑީޓީވީން މީގެ ކުރިން ބުނެފައި ވަނީ އަދާނީ ގްރޫޕުން އެ ކުންފުނި ގަންނަން މަސައްކަތް ކޮށްފައިވަނީ އެންޑީޓީވީގެ ފައުންޑަރުންގެ އެއްވެސް މައުލޫމާތެއް، ވާހަކަދެއްކުމެއް ނުވަތަ ރުހުމަކާ ނުލައިކަމަށެވެ.

އަދާނީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަން ސްޓޭޓް ކަމަށްވާ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތަށް ނިސްބަތްވާ މީހެކެވެ.

އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީން އަބަދުވެސް ތުހުމަތު ކުރަނީ އަދާނީ އާއި އެހެނިހެން ބިލިއަނަރުންނަށް މޯދީގެ ފެޑެރަލް އެޑްމިނިސްޓްރޭޝަނުން ކޮރަޕްޝަނަށް މަސައްކަތް ކުރާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!