ޚަބަރު

މަރުވެފައިވާ ވައްލަތަކެއް މާލޭ ފަޅުތެރެއިން ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ ދެކުނު ފަރާތު ފަޅުތެރެއިން މަރުވެފައިވާ ވައްލަތަކެއް ފެނިއްޖެއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާފާނު ސްޓޭޑިއަމްއާ ދިމާލުން ފަޅުތެރެއިން ގާތްގަނޑަކަށް 15 ވަރަކަށް ވައްލަ އޮޔާދަނިކޮށް ފެނިފައިވާ ކަމަށެވެ.

މި ދޫނިތައް މަރުވެފައިވަނީ ގެންގުޅުނު ގޮތެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި މަރުވުމުން އެ ދޫނިތައް މޫދަށް އެއްލާލާފައިވާ ކަމަށް ބެލެވޭ ކަމަށް އީޕީއޭއިން ބުންޏެެވެ.

އެ އެޖެންސީން ވަނީ މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެ އިދާރާއާ އެ ކަމެއް ހިއްސާކުރަން އެދިފައެވެ.

ވައްލަ އަކީ ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިތަކުގެ ތެރެއިން ދޫންޏެކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!