ޝެންޒޭންގައި ކޮވިޑް-19 ހަރުކަށި ފިޔަވަޅުތަކެއް

ޗައިނާގެ ha ސިޓީން ބުނީ ކޮވިޑްން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ރެސްޓޯރެންޓާއި އެހެނިހެން އިންޑޯ ތަންތަން 50 ޕަސެންޓަށް އޮކިއުޕަންސީ ލިމިޓް ކުރާނެ ކަމަށް ސަރަހައްދީ ސަރުކާރުން ހާމަކޮށްފިއެވެ..
މީގެ އިތުރުން ދެކުނުގެ ސިޓީއަށް އަލަށް އަންނަ މީހުންނަށް ފުރަތަމަ ތިން ދުވަހު ސިނަމާތަކާއި ޖިމް ފަދަ ތަންތަނަށް ވަނުން މަނާވާނެ ކަމަށް ވެސް ވީޗެޓްގައި ސަރުކާރުން ނެރުނު ނޯޓިސްގައި ބުނެފައިވެއެވެ.
ހަވީރު ބޭއްވި ބްރީފިންގައި ލޯކަލް އޮތޯރިޓީތަކުން ވަނީ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ގިނަ ވިޔަފާރިތަކާއި މުވައްޒަފުންނާއި ރަށްވެހިން ގޭގައި ތިބެގެން މަސައްކަތް ކުރަން ވެސް އަންގާފައެވެ.
ޗައިނާގައި ކޮވިޑްް-19 ކޮންޓްރޯލް ނުވެ, އަދި ވެސް ދަނީ ވަރަށް ބޮޑަށް ފެތުރެމުންކަން ފާހަގަކޮށްލެވެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާގެ ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތުތަކަށް އެ ޤައުމުގެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.