ޚަބަރު ޝަރުޢީ ދާއިރާ

ބަނޑުގައި ހުރި ބުލެޓުތައް ބޭރުކުރުމަށް ނައިޖީރިޔާ މީހަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބަނޑުގައި ހުރި ޑްރަގް ބުލެޓުތައް ބޭރުކުރުމަށް ނައިޖީރިޔާ މީހަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފިއެވެ.

Ads by STELCO

އެޑްމިޓްކޮށްފައިވަނީ ޢުމުރުން 31 އަހަރުގެ އުޔިއޯސާ ޑޭވިޑް ނަމަކަށް ކިޔާ މީހެކެވެ.

ޑްރަގް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުޔިއޯސާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.

ތުހުމަތުކުރެވޭ ފަރާތް މި ވަގުތު އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށްވާތީ އެ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކުރިއަށް ގެންދެވިފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް.

ކްރިިމިނަލް ކޯޓުގެ ގާޒީ ޢަލީ އާދަމް ނެރުއްވި އަމުރުގައިވެއެވެ.

އުޔިއޯސާ މި ވަގުތު އެޑްމިޓްކޮށްފައިވާތީ ގާޒީ ޢަލީ އާދަމް ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލާ ވަގުތުން ފެށިގެން 24 ގަޑިއިރުތެރޭގައި އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރައްވައިފައެވެ.

''ދެން'' އަށް މަޢުލޫމާތު ދެއްވި ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އުޔިއޯސާ އެޑްމިޓްކުރީ އޭނާގެ ބަނޑުގައިވާ ޑްރަގް ބޭރުކުރުމަށް ކަމަށެވެ. ނަމަވެސް މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!