ޚަބަރު ސަރުކާރު

އިންޑިއާއިން ދިން ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީއެއް: ނަޝީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ--

އިންޑިއާ ސަރުކާރުން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ ލޯނަކީ މި ވަގުތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ލޯނުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ. ރާއްޖޭގެ ފަރާތުން އެ ލިޔުމާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު  ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި އެހީ ދެއްވި ކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ މި އެހީ އަކީ ނެތެމުން ދިޔަ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް ކަމަށެވެ.

އިންޑިއާއިން ދިން ލޯނާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ވިދާޅުވީ އެއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެއް ކަމަށެވެ.

އަދި މިއީ ބާރަށް ކުރިއަށް ދިޔުމަށް ސަރުކާރަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ ސިފަ ކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!