އަށާރަ މަސްދުވަސް ތެރޭގައި މާލޭ ސިޓީ ކައުންސިލުން 380 ކާނު ބަދަލުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ މި ދައުރުގައި މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުރި 380 ކާނު ބަދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރު ފެށުނު ފަހުން 18 މަސްވެފައިވާއިރު އެ ކައުންސިލުން ވަނީ ވޭތުވެދިޔަ މުއްދަތުގައި ކުރެވުނު މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ޢާންމުކޮށްފައެވެ.
ސިޓީ ކައުންސިލުން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެންބަރު މަހާއި ހަމައަށް 80 މަގެއްގައި ހަލާކުވެފައި ހުރި 160 ކާނު ވަނީ ބަދަލުކޮށްފައެވެ. އަދި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ ނިޔަލަށް 119 މަގެއްގައި ހަލާކުވެފައިވާ 220 ކާނު ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން މިދިޔަ 18 މަސް ދުވަހު ޖުމްލަ 380 ކާނު ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ 18 މަސް ދުވަހު ޖުމްލަ 12,106 ކާނު ވަނީ ސާފުކޮށްފައެވެ.
މިދުވެސް އެއޮތީ މަޖީދީ މަގުގައި ފެން ހެދިފައި މީހުނަށް ހިގާބިގާ ނޫޅެވޭ ވަރަށް !