ޚަބަރު އިޖުތިމާޢީ

މާލެ ސިޓީ ކައުންސިލުގެ މި ދައުރުގައި 407 މަގު މަރާމާތުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު ފެށުނު ފަހުން މިހާތަނަށް 407 މަގު މަރާމާތުކޮށްފިއެވެ.

Ads by Sosun Fihaara

އެ ކައުންސިލުގެ މި ދައުރު ފެށުނު ފަހުން 18 މަސް ދުވަސްވެފައިވާއިރު، ކައުންސިލުން ބުނީ މިހާތަނަށް 407 މަގު މަރާމާތުކޮށްފައިވާ ކަމަށާއި 403 މަގެއްގައި އަލަށް ލައިޓް ހަރުކޮށްފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ މުއްދަތުގައި 945 ކާރު ޒޯން ކުރަހާފައިވާ ކަމަށާއި 7293 ސައިކަލް ޒޯން ކުރަހާފައިވާ ކަމުގައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސިޓީ ކައުންސިލުގެ މި ދައުރުގައި 283 ރޭމްޕް ހަދާފައިވެއެވެ.

މީގެ އިތުރުން އިޖުތިމާޢީ މަސައްކަތްތަކަށް ބަލާއިރު މަދިރި ކޮންޓްރޯލް ކުރުމަށް 22,426 ތަނެއް ބަލައި މަދިރި އުފެދޭ ގޮތަށް ހުރި 2895 ތަނަކަށް ބޭސް އަޅާފައިވެއެވެ. އަދި ފޮގްކުރެވުނު ބްލޮކްގެ އަދަދު 2219 އަށް އަރައެވެ.

ހަމައެއާއެކު އުމްރާނީ މަސައްކަތްތަކަށް 2526 ހުއްދަ ދޫކުރިއިރު އިޖުތިމާޢީ މަސައްކަތްތަކަށް 2203 ހުއްދަ ދޫކުރިއެވެ.

Ads by HDC
  1. ނާޅި

    މާލެ ކަހަލަ ގިނައިން ވާރޭ ވެހޭ ސިޓީ އެއްގައި މަގުހަދާއިރު ޕޭމެންޓް ހަދަންވާނީ ވާރޭ ވެހޭއިރު ހިގާފައިދާ މީހުން ނުތެނޭނެ ގޮތަށް ވަރެއިން ހިޔާވެވޭ ގޮތަކަށް އެއްތަނުން އަނެއްތަނަށް ދާއިރު އޭރުން ހިގާ ބިގާ އުޅޭމީހުނަށް ފަސޭހަވާނީ ! މީހާރު ވާރޭ ކޮޅެއް ވެހިލާއިރަށް ދުއްވާ އެއްޗެހިން މަގުފުރި ތޮއްޖެހިފައި އޮންނަނީ ޕޭމެންޓުން ހިގާމީހުނަށް ފެނުގާ ނުޖެހި ނުދެވޭތީ، ޕޭމެންޓް ހިޔާކުރަންޖެހޭ މަގުގެ ކޮންމެސް އެއްފަޅީގެ!