ފަލަމީހުން ހިކި މީހުނަށް ވުރެ މާ އުފާވެރި
ފަލަވުމުން ސުކޫލުގައި އުޅޭއިރު ހަނގާ ކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު ހަނގާ ވެވޭ މީހާއަށް ކުރާ އަސަރު ވިސްނޭނީ ވަރަށް މަދު ބަޔަކަށެވެ. ކޮންމެ އިންސާނެއްވެސް ހެއްދެވީ މާތް الله ކަން ކަށަވަރެވެ. ވީ އިރު މީގައި މަލާމާތް ކުރަންވީ އެއްވެސް ސަބަބެއް ނިކަން ބުނެދީބަލާށެވެ. އަދި ފަލަވެގެން ލަދުގަންނަންވީ ސަބަބެއްވެސް ނިކަންބުނެދީ ބަލާށެވެ. ދަންނަވަންތޯއެވެ؟ ތިމާގެ ވިސްނުން ބަދަލު ކޮށްލައިފިނަމަ ހުރިހާ ކަމެއް ރަނގަޅުވެދާނެއެވެ. ފައްސިިކޮށް ވިސްނައިފި ނަމަ ދިރިއުޅުން އުޖާލާ ވާނެއެވެ.
އާއެކެވެ. ގަބޫލުކުރަމެވެ. ފަލަވުމަކީ ސިއްޙަތަށް ގެއްލުން ހުރި ކަމެއް ކަން ކުރިން ދިރާސާތަކުން ދައްކާފައި ވެއެވެ. ނަމަވެސް އިތުރު ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ފަލަމީހުންނަކީ މާ އުފާވެރި ދިރިއުޅުމެއް އުޅޭ ބައެކެވެ. މަޖާ ވާހަކަ އެއް ކަމަށް ހީވިޔަސް މިއީ ހަގީގަތެވެ. ވީއިރު މިކަމާ މެދުވެސް ތިމާ ފަޚުރުވުމުގެ ބަދަލުގައި ލަދުގަންނަން ޖެހުމަކީ ހިތާމަހުރި ކަމެކެވެ.
އަދި ހަމަ އެއާއެކު ފަލަ މީހުންގެ ވިސްނުން ތޫނު މަޑުމައިތިރި ކަމަށް ލޯބި ކުރާ ބައެއް ކަންވެސް ދިރާސާ ތަކުން ދައްކައެވެ. މިހެން ވުމުގެ ސަބަބުން އަންހެން ކުދިން ގަޔާވެ، އެމީހުން ހިތްހަމަ ޖެހިގެން އުޅުމަށް ވަރަށް ބޮޑު ފުރުސަތު ތަކެއް ފަހި ވެގެން ދެއެވެ. މިޒަމާނުގައި ރީތި އަންހެން ކުއްޖެއް ބޭނުން ނުވާނީ ވަކި ކާކުހެއްޔެވެ؟ ފަލަ މީހުނަށް މިކަން ވެސް ފަހި ވެެގެން ދެއެވެ.
ހިކެން މަސައްކަތް ކުރުމަކީ ގޯހެއް ނޫނެވެ. ސިއްޙަތު ރަނގަޅަށް ބެހެއްޓުމަށް ޓަކައި ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ.ނަމަވެސް ތިމާ ފަލަވެގެން ތިމާ ރީތި ބައްޓަމެއްގައި ބެހެއްޓުމަށް ޓަކައި ކަސްރަތު ކުރުމަކީ ދެއްކުންތެރިކަން ނޫނީ ކޮން ކަމެއް ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ތިމާގެ ވިސްނުން ވެސް އަދި ތިމާ ހިކެން ވެގެން މަސައްކަތް ކުރާނިޔަތް ވެސް ގޯހެވެ.
އެހެންނަމަވެސް ފަލަވީމަ ތިމާ “ ޑިޕްރެޝަން “ އަށް ގޮސް ތިމާގެ އެއްވެސް މުސްތަޤުބަލެއް ނެތޭ ހީކޮށް ހުރުމަކީ މީގެ ހައްލެއް ނޫނެވެ. މުޖުތަމަޢުގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުކޮށްލަން ޖެހެއެވެ. ފަލަވުމަކީ ކުރެވޭ ކުށެއް ނޫން ވިއްޔާއެވެ.އެހާވަރަށް ދިމާ ކޮށް، ފެންނަ ކޮންމެ ތަނަކުން “ ހާދަ ފަލައެކޭ ތިވަނީ” ނުބުނި ކަމުގައިވީ ނަމަވެސް އެކަން އެނގެއެވެ. އެހެން ބުނާ ކޮންމެ ފަހަރަކު އެމީހުންގެ އިހުސާސް ތައް ދަންނާނީ ހަމަ އެފަދަ ދެވަނަ މީހެކެވެ.