ލައިފްސްޓައިލް

ލޯބިވަންޏާ ހަދައިދޭން އެހީވާނެ ހުރިހާ ފިލާވަޅެއް ވެސް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ރަނގަޅަށް ހުންނަ މީހުން ވެސް އާވާރާ ކޮށްލާ، ނުބައި މަގުން ހިނގާ މީހުން ރަނގަޅު މަގަށް ވެސް އަޅުވާ އެއްޗެކެވެ.

Ads by STELCO

ބައެއް މީހުންނަށް "ހަގީގީ ލޯބި" ފެންނަނީ އުމުރުން ވަރަށް ދުވަސްވާ ފަހުންނެވެ. ނަމަވެސް އެންމެ އަސަރުގަދަ ލޯތްބެއް ވެވެނީ ސްކޫލް ދައުރުވެސް ނިމި، ފުރާވަރު އުމުރުނިމި، މަތީ ތަޢުލީމު ހާސިލު ކުރަން ކޮލެޖުތަކުގައި ނުވަތަ ޔުނިވާސިޓީ ތަކުގައި އުޅޭއިރުގައެވެ.

މިއީ އަޅުގަނޑު "ލަވް ގުރޫ" އަކަށް ވެގެން ދައްކާ ވާހަކައެއް ނޫނެވެ. މިހެން ބުނީ އެމެރިކާގެ ސައުތު ޔުނިވާސިޓީގެ ކައުންސެލިންގ އެންޑް ސައިކޮލޮޖީގެ ރިސާޗަރުންތަކެކެވެ.

އެމީހުން ބުނި ގޮތުގައި ކޮލެޖު ނުވަތަ ޔުނިވާސިޓީތަކުގައި އުޅޭއިރު އަންހެނަކާއި ފިރިހެނެއް ދިމާވެ، އެކަކު އަނެކަކަށް ކަމުގޮސް، ހިތްކިޔާ ގަޔާވާ ޝުޢޫރުތަކެއް އުފެދެއެވެ. މިއީ ހަމައެކަނި ފިލްމުތަކުގައިވާ ކަމެއް ނޫން ކަމަށާއި ހަގީގަތުގައި ވެސް މިހެންވާ ކަމަށް ރިސާޗަރުން ބުނެފައިވެއެވެ.

އެގޮތުން މިފަދައިން ގަޔާވާ ދެމީހަކު އެންމެ ގިނައިން ކުރާ ކަމަކީ އެކަކު އަނެކަކުގެ ފިލާވަޅުތައް ހަދައިދިނުމާއި އެކުގައި ފިލާވަޅު ދަސްކުރުން ކަމުގައިވެސް ބުންޏެވެ.

ފިލާވަޅުތައް މަޝްވަރާކޮށް، ނޭނގޭ ފިލާވަޅުތައް ހަދައިދީ، އެވަރުންވެސް ނޭނގިއްޖެނަމަ އަމިއްލައަށް އެފިލާވަޅުތައް ތިމާ ލޯބިވާ މީހާއަށް ހަދާވެސް ދެއެވެ.

ދެމީހުން ކިޔަވަނީ ތަފާތު މާއްދާތަކެއްނަމަ، ފިލާވަޅުތައް ހަދަން އެހީތެރިވުމަށް އެހެން ގޮތްގޮތުން ވެސް މައުލޫމާތު ހޯދައިދެއެވެ.

މިފަދައިން ތައުލީމު ހާސިލު ކުރުމުގައި އެކީގައި އުޅެ އެކަކު އަނެކަކަށް އެހީތެރިވެގެން އުފެދޭ ލޯބި، ވަރަށް ގިނަ ދުވަހު ދެމި ހުންނަ ކަމަށް ވެސް ރިސާޗަރުން ބުނެއެވެ. އަދި މިފަދައިން ތައުލީމީ ރޮނގުން އުފެދޭ ލޯތްބާއި ކައިވެނި ވެސް ވަރަށް ގިނަ ދުވަހު ދެމިހުރެއެވެ.

ރިސާޗަރުން ބުނި ގޮތުގައި މިފަދައިން ލޯބިން ކުރެވޭ ކައިވެނި ގިނަ ދުވަހަށް ނުވަތަ އުމުރަށް ދެމި ހުންނަނީ ދެމީހުންގެ މެދުގައި ކުރިންސުރެ އުފެދިފައިވާ، މުއާމަލާތް ކުރުމުގެ ހުނަރު ވަރުގަދަވުމެވެ. ދެމީހުންނަށް އެކަކު އަނެކަކު ދަސްވެ، އެކަކު އަނެކަކާއި ވާހަކަ ދައްކާނެ ގޮތްވެސް އެނގިފައިވުމެވެ.

 

މަސްދަރު: ދަ ސައިކޮލޮޖީ ބިހައިންޑް ލަވް

 

Ads by HDC
  1. މީހެއް

    ލިޔުމުގެ ފަލަ ސުރުހީ އިސްލާހު ކޮށްލަން ފެނޭ… ތިހެން ސުރުހީ އޮތުމުން މާނަ ފުށޫ އަރާ..

  2. އާރިއްޕެ

    ހާދަ ދެރަވަރުގެ ޞުރުޚީއެއްދޯ!!