ޤައުުމު ވިއްކާލައިފައި ވެސް ''ޓައިިޓޭނިކް'' ކުޅުން މާރިޔާއަށް އޯކޭ: ހީނާ

ސިފައިންގެ އުޅަނދެއްކަމަށް ބެލެވޭ އުޅަނދެއްގައި ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދުދީދީއާއި އެ ކަމަނާގެ ފިރިކަލުން މުޙައްމަދު ޢާމިރު އިނގިރޭސި ފިލްމު ''ޓައިޓޭނިކް'' ގެ މަންޒަރެއް ކުޅުއްވުމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ފާޑުވިދާޅުވެއްޖެއެވެ.
މާރިއާގެ އިންސްޓަގްރާމްގައި އިއްޔެ ޢާންމު ކުރެއްވި ވީޑިއޯއަކުން ފެންނަނީ ސިފައިންގެ އުޅަނދެއްކަމަށް ބެލެވޭ އުޅަނދެއްގައި ފިރިކަލުންނާއެކު ''ޓައިޓޭނިކް'' ގެ މަންޒަރެއް ކުޅުއްވާ ތަނެވެ.
ސޯޝަލްމީޑިއާގެ އެހެނިހެން މަންސަތަކުގައި މިހާރު އެ ވީޑިއޯ ދައުރުވަމުން އަންނައިރު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނީ ދައުުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރައްވަނީ ކަމަށެވެ.
ހީނާ ވިދާޅުވީ ޤައުމު ވިއްކާލާފައި އަޑިނޭނގޭ އެގްރިމަންޓުތަކުގައި ސޮއިކޮށްފައި ''ޓައިޓޭނިކް ކުޅުން މި ވެރިންނަށް އޯކޭ'' ކަމަށެވެ.
މީހަކު ތާކުން ބަތް ޕާރްސަލެއް ގަނެލިޔަސް އެ މީހާ އުލު ބައިންދާ. މިޔަށް ވެސް ކިޔާނީ ހަމަ ހަމަ ހަތަރެއްތަ.
މީގެ އިތުރުން ފާޑުވިދާޅުވި ބައެއް ބޭފުޅުން އެކަން ސިފަކުރެއްވީ މާރިއާ ދައުލަތުގެ މުދާ ބޭނުން ކުރައްވައިިގެން ޕިކްނިކް ހައްދަވައި ނާޗަރަންގީ ކުޅުއްވުމުގެ ގޮތުގައެވެ.