ޚަބަރު ސިޔާސީ

މައުމޫނު ފަދައިން ރައީސް ޞާލިޙްގެ ހިތްޕުޅުގައި އޮންނަ އެއްޗަކީ ސިޔާސަތުކަމަށްވެއްޖެ: ވައްޑެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު ފަދައިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހިތްޕުޅުގައި އޮންނަ އެއްޗަކީ ސިޔާސަތުކަމަށްވެއްޖެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ކްލަބު ހައުސްގައި ވާހަކަދައްކަވަމުން ވައްޑެ ވަނީ ރައީސް މައުމޫނު ވެރިކަމާއި މި ސަރުކާރުގައި ހުރި އެއްގޮތް ކަންކަން ފާހަގަ ކުރައްވައިިފައެވެ.

ރައީސް މައުމޫނު އިރުގައިި ވެސް އެ މަނިކުފާނުގެ ހިތްޕުޅުގައި އޮންނަ އެއްޗަކީ ސިޔާސަތު ކަމަށާއި އެއީ ރައްޔިތުންގެ ބައިވެރިވުމެއް ނުވަތަ ރައްޔިތަކަށް ހާމަކުރެވިފައި އޮންނަ އެއްޗެއް ވެސް ނޫން ކަމަށް ވައްޑެ ވިދާޅުވިއެވެ. އެ ގޮތުން ބަލާއިރު މިއަދު މި ފެންނަނީ އެމްޑީޕީގެ ސިޔާސަތު ދޫކޮށްލައްވައި
ރައީސް ޞާލިޙްގެ ހިތްޕުޅުގައި އޮންނަ އެއްޗަކީ ސިޔާސަތުކަމަށް ހައްދަވައިގެން ކަންތައް ކުރައްވަމުން ގެންދަވާތަން ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވަރަށް ސާފުކޮށް އެ ދައްކަވަނީ އެމްޑީޕީގެ މެނިފެސްޓޯއަކީ އެ ބޭފުޅުން ގަބޫލުކުރާ މެނިފެސްޓޯއެއް ނޫންކަން.

ވައްޑެ އިތުރަށް ވިދާޅުވީ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުއްވެވި މިންވަރަށްވުރެ މާ ބޮޑަށް ރައީސް ޞާލިޙް މަޖިލީހަށް ނުފޫޒު ފޯރުއްވަވަމުން ގެންދަވާ ކަމަށެވެ. އެ ގޮތަށް ކޮންޓްރޯލް ކުރައްވަނީ ދައުލަތުގެ ވަސީލަތްތަކާއި ވަޒީފާތަކާއި ބަޖެޓުން އެކި ދާއިިރާތަކަށް ބެހޭ މަޝްރޫޢުތައް ބޭނުން ކުރައްވައިިގެން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!