ޚަބަރު

މިހާތަނަށް 1045 ފަރާތަކަށް ފްރަންޓްލައިން އެލަވެންސް ދީފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ 1045 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަމީރު ވިދާޅުވީ ފްރަންޓްލައިން އެލަވެންސް މިއަދު އިތުރު 825 ފަރާތަކަށް ދީފައިވާ ކަމަށެވެ. އެއާއެކު މިހާތަނަށް މި އެލަވެންސް 1045 ފަރާތަކަށް ޖުމްލަ 13.4 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިއީ ރާއްޖެއިން ފުރަތަމަ ކޯވިޑް ފެނުނު ދުވަސްކަމަށްވާ މާޗު 7 އިން ފެށިގެން ޖޫންމަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށާއި އިތުރު ފަރާތްތަކަށް އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ ތިން ގިންތިއަކަށް ބަހާލައިގެން ކަމަށް ވިދާޅުވެފައއެވެ.

Ads by Ooredoo
  1. ހޭރޭ ފޭޜޭ

    އެލަވަންސް ތިބަހަނީ ދަރުބާރުގޭގަޔާއި ވަކިބަޔަކަށް އަތްގާތް ކޮށްދިން ބަޔަކަށް. ދޭން ހައްގުވާ ބައެއްގެ ބޭނުންހިފާ އަނބުރާ ގެއަށް ފޮނުވާލަފަ މިއަދު ބުނަނީ ކަލޭމެން ކުރި މަސައްކަތަކީ ސިޓީ ކައުންސިލް ބޮންދުންނަށް ވެސް ކުރެވޭނެ ކަމެކޭ. ކޮވިޑް ޕޮޒިޓިވް ކޭސްތަަށް ނަގާ ތަންތަނަށް ވައްދާ ޑިސްއިންފެކްޓް ކޮށް ހެދިއިރު ނޭނގޭތޯ މިކުރެވެނީ ހައި ރިސްކު ކަމެއް. މިއަދު މިބުނަނީ ކަލޭމެން ކުރީ ޒީރޯ ރިސްކު މަސައްކަތޭ….ލަދުވެތިކަން