ދުނިޔެ

ޕާކިސްތާނުގެ ނޫސްވެރިޔާ މަރާލީ ރޭވިގެން ދިން ހަމަލާއަކުން: ތަޙްޤީޤް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެންޔާގައި ޕާކިސްތާނުގެ ތަހުގީގީ ނޫސްވެރިއަކު މަރާލުމަކީ ރޭވިގެން ހިންގި އަމަލެއް ކަމަށް ޕާކިސްތާނުގެ އިންވެސްޓިގޭޓަރުންގެ ޓީމުން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އަރުޝަދު ޝަރީފް މަރާލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ކެންޔާގެ ވެރިރަށް ނައިރޯބީގައި ކާރެއްގައި ދަނިކޮށް، އެ ޤައުމުގެ ފުލުހުން ބަޑި ޖަހާ މަރާލުމުގެ ސަބަބުންނެވެ.

ނައިރޯބީ ފުލުހުން ފަހުން ވަނީ، އެކަން ހިނގާފައިވަނީ ކުޑަކުއްޖަކު ވަގަށް ނެގި މައްސަލައެއްގައި ހިމެނޭ އެފަދަ ކާރެއް ހޯދުމުގެ ތެރޭގައި ކަމަށާއި އޮޅިގެން ހިނގި ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޝަރީފް އަވަހާރަކޮށްލުމުގެ ސަބަބުން އެކަން ކުށްވެރިކޮށް މިނިވަން ތަހުގީގެއް ހިންގުމަށް ވަނީ ގޮވާލާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ތަހުގީގެއް އިއުލާނު ކުރައްވައި، ސަރުކާރުގެ ހޯދުންތައް އާންމުންނާ ހިއްސާ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އުމުރުން 49 އަހަރުގެ ނޫސްވެރިޔާ ދިރިއުޅެމުން ދިޔައީ ކެންޔާގައެވެ. އެއީ އެ ޤައުމުގެ އަސްކަރިއްޔާއާ ގުޅޭގޮތުން ޝޯއެއްގައި ވާހަކަ ދެއްކުމުން އޭނާގެ މައްޗަށް އުފުލާފައިވާ ގައުމިއްޔަތާ ހިލާފުވުމުގެ ދައުވާއިން ސަލާމަތްވުމަށެވެ. އެ ދައުވާތަކާއި ގުޅިގެން މިދިޔަ އޮގަސްޓް މަހު ހައްޔަރުން ސަލާމަތްވުމަށް ގައުމުން ބޭރަށް ފުރައިގެން ދިޔައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!